Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބު ފުރުވާލަން އުޅުމުގެ ތުހުމަތު

ގާނޫނާ ޚިލާފަށް ގައިދީއަކު ފުރުވާލުމަކީ ކުރާނެ ކަމެއް ނޫން - އިމްރާން

ގާނޫނާ ޚިލާފަށް ފުރުވާލަށް އަދި ގާނޫނާ ޚިލާފަށް ގައިދީއަކަށް މަންފާ ލިބޭނެ އެއްވެސް ކަމެއް ނުކުރާނަން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 07:10
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ގައިދީއަކު ގާނޫނާ ޚިލާފަށް ފުރުވާލަން އުޅުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވަޑައިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެ އިން ފުރުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސިއްދީގު ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން މިނިސްޓަރ އިމްރާން ރާއްޖެއެމްވީއަށް ވިދާޅުވީ، މިހާރު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުވާލަން އެމަނިކުފާނު މަސައްކަތް ކުރައްވަން ޖެހޭ އެއްވަސް ސަބަބެއް ނެތް ކަމަށެވެ. އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ދިޔުން ހުއްޓުވީވެސް އެމަނިކުފާނު ކަަން ފާހަގަ ކުރައްވަމުން ވިދާޅުވީ، ގައިދިއަކު ގާނޫނާ ޚިލާފަށް ފުރުވާލަށް އަދި ގާނޫނާ ޚިލާފަށް ގައިދީއަކަށް މަންފާ ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ސިއްދީގު "ޗެނަލް-13" ގައި ވާހަކަދައްކަވަމުން ވަނީ އަދީބުގެ އަނބިކަނބަލުންނާއި މިނިސްޓަރު އިމްރާނާއި މިނިސްޓަރު މަހްލޫފާއި މަހްލޫފްގެ އަނބިކަނބަލުން ހިމެނޭ ގޮތަށް ޑިސެމްބަރ 30 ވަނަ ދުވަހުގެ ރޭ މަހުލޫފް ދިރިއުޅުއްވާ ގޭގައި ބައްދަލު ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި ތުހުމަތާ ގުޅޭ ގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ އެފަދަ އެއްވެސް ބައްދަލު ވުމެއް ކުރިއަށް ނުދާ ކަމަށެވެ. އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ގިނަ ދައުވާ ތަކެއް އުފުލިއެވެ. އޭގެ ތެރެއިން 30ށްވުރެ ގިނަ ދައުވާ އަނބުރާ ގެންގޮސްފައިވާއިރު، އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ތެރެއިން ހަތް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ، ހުުކުމް ކޮފައިވަނީ 20 އަހަރު ދުވަހުގެ ޖަލަށް ލުމަށާއި، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރުމަށެވެ. އެހެންނަމަވެސް ސިއްޙީ ހާލަތަށް ރިއާޔަތްކޮށް މި ސަރުކާރުންވަނީ އޭނާ ގޭ ބަންދަށް ބަލުކޮށްފައެވެ. އެހެންކަމުން ހުކުން ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

އަޙުމަދު އަދީބުހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

27 އޮކްޓޯބަރު 2024
ރައީސް މުޢިއްޒު އިންޑިއާ އާ ގުޅުން ބަދަހިކުރައްވާތީ އަދީބުގެ ތަޢުރީފް

ރައީސް މުޢިއްޒު އިންޑިއާ އާ ގުޅުން ބަދަހިކުރައްވާތީ އަދީބުގެ ތަޢުރީފް

30 އޯގަސްޓު 2024

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު