Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

މި ޕްރޮޖެކްޓަށް ޖުމްލަ 304 މިލިއަން ޑޮލަރު ޚަރަދުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2022 | ބުރާސްފަތި 20:32
ތިލަފުށީގައި ހިންގާ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕޮރޮޖެކްޓްގެ މަސައްކަތްތައް ރައީސް ސޯލިހު ތިލަފުށްޓަށް ވަޑައިގެން ބައްލަވާލައްވަނީ

ތިލަފުށީގައި ހިންގާ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕޮރޮޖެކްޓްގެ މަސައްކަތްތައް ރައީސް ސޯލިހު ތިލަފުށްޓަށް ވަޑައިގެން ބައްލަވާލައްވަނީ

ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމުގައިވާ ތިލަފުށީ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕޮރޮޖެކްޓްގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ރައީސް ވަނީ ތިލަފުއްޓަށް ވަޑައިގެން މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. ރައީސްގެ އަރިހުގައި އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ރައީސްގެ މިދަތުރުފުޅުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ވެމްކޯގެ އެމްޑީ އާދަމް މުހައްމަދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އޭޑީބީގެ ހިލޭ އެހީއާއި ކޮންސެޝަނަލް ލޯން އަދި އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށީގެ ތާރީޚުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ކޮންޓްރެކްޓެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 304 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މިއީ ދެފިޔަވައްސަކަށް ބަހާލައިގެން ހިންގޭ މަޝްރޫއެކެވެ.

ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ތިލަފުށީގައި ފެންނަ ބޮޑު ގޮނޑު އެއްފަރާތްކޮށް އެތަނުގެ ހާބަރު ހަދައި, މުސްތަޤްބަލުގައި ކުނި ގެނެސް ބާލާނެ ސަރަޙައްދު ވަނީ ތަރައްޤީ ކޮށް ނިމިފައެވެ. ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭލް ކުރެވޭއިރު ޒަމާންތަކެއްވަންދެން ތިލަފުށީ ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ކ، އއ، އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެއެވެ. ކުނި މެނޭޖް ކުރުމަށް އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭއިރު މާލެއާއި، ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައި ވެސް މިހާރުވަނީ ސޮއިކޮށްފައެވެ. އަދި މި ސަރަޙައްދުގައި ކުނި ތިލަފުއްޓަށް ގެންދިއުމަށް އުޅަނދުތައް ގަތުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.   

ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ވޭސްޓު އެނާރޖީ ޕްލާންޓް ޤާއިމުކުރުމެވެ. ވޭސްޓު އެނާރޖީ ޕްލާންޓު ޤާއިމުކުރުމަށް މިހާރުވަނީ ސްޕެއިންގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އުރްބާސާއާ އެކު ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ވޭސްޓު އެނާރޖީ ޕްލާންޓް ހިންގުމަށް އުރްބާސާއާއެކު ސޮއިކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސް ކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިންނެވެ.

މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ކުނި މެނޭޖްކުރުންކުނި ނައްތާލުމުގެ ޕްރޮޖެކްޓްގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓްއެންވަޔަރަމަންޓް މިނިސްޓްރީމިނިސްޓަރ އައިމިނަތު ޝައުނާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހަސަން އަބްދުއްރަހްމާން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު