Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދީނީ ތައުލީމް ކުރިއެރުވުން

މި ސަރުކާރުން ދީނީ ތައުލީމު ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދޭ: އިސްލާމިކް މިނިސްޓަރު

ގުރުއާނަށް ޚާއްސަ ގަދަރެއް ދެވިފައިވާއިރު، ކުޑަކުދިން ގުރުއާނާ އިތުރަށް ގާތް ކުރުވަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2022 | ބުރާސްފަތި 11:33
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދީނީ ތައުލީމު ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކީރިތި ގުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ލޯންޗު ކޮށްދެއްވުމަށްފަހު މިނިސްޓަރު ޒާހިރު ވިދާޅުވީ ގުރުއާނަކީ އިލާހީ ގާނޫނު ކަމަށާއި، އެއީ ދިރިއުޅެންވީ ގޮތް ކަމަށެވެ. ގިޔާމަތާ ހަމައަށް ރައްކާތެރިކުރައްވާފައިވާ ފޮތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެތަކެއް ހިތްތަކެއްގައި ކޮންމެ ދުވަހަކު ވެސް ގުރުއާން ރައްކާތެރިކުރެވިގެންދާ މަންޒަރު ފެންނަ ކަމަށެވެ. ގުރުއާނަށް ޚާއްސަ ގަދަރެއް ދެވިފައިވާއިރު، ކުޑަކުދިން ގުރުއާނާ ގާތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެ އިލްމު މުޖުތަމައުގައި ފަތުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަނދާން އައުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދީނީ ތައުލީމު ކުރިއެރުވުމަށް މި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވިއެވެ. ރަސޫލާގެ ހަދީސްތަކަށް އިޝާރަތްކުރައްވައި މިނިސްޓަރު ވިދާޅުވީ ގުރުއާންއަށް ކަމޭހިތައި ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުކުރާނަމަ ގައުމުތައް އުފުލިގެންދާނެ ކަމަށެވެ. އަދި އެއާ ޚިލާފުވާ ކަމަށްވާނަމަ ގައުމުތައް ނެތި ހަލާކުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ އެތައް މަންޒަރެއް ދުނިޔެއިން ފެންނަމުންދާ ކަމަށާއި، މިފަދަ ކަންކަމުގައި ވިސްނަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކީރިތި ގުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ލޯންޗު ކުރި ޕްރޮގްރާމުން އެކަނި ވެސް ގުރުއާނަށް އަހައްމިއްޔަތުކަންދޭ މިންވަރު ހާމަވެގެންދާ ކަމަށެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިސްވެ އޮވެ ފެށި މިޕްރޮގްރާމްގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށާއި، ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަަމަށެވެ. އަދި ދަރިވަރުންގެ ފެންވަރު ފަސޭހައިން ވަޒަން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީހުން ބިނާކުރުމާއި، ގާބިލްކަން އިތުރު ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، ލޯންޗްކުރި ޕްރޮގްރާމުން ދީނީ ތައުލީމަށް އެތަކެއް ދަރިވަރުންތަކެއްގެ ލޯ ހޅުވިގެން ދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
10 ޖޫން 2024

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
09 ޖޫން 2024

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
29 އޮކްޓޯބަރު 2023

ފަލަސްތީނުގެ މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ ބީރުކަންފަތެއްދީގެން: އިސްލާމިކް މިނިސްޓަރު

29 އޮކްޓޯބަރު 2023
ފަލަސްތީނުގެ މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ ބީރުކަންފަތެއްދީގެން: އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު