Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަލޮޅު ދަނޑު ތަރައްގީކުރުން

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ގަލޮޅު ދަނޑު ތަރައްގީކުރުމަށް 55 މިލިޔަން ރުފިޔާ ވަނީ ހަމަޖައްސާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 14:30
ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު ތަރައްގީކުރުމަށް އެ ދަނޑު އެއްކޮށް ތަޅާލަންޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މީގެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހަރާ ފަޅި) އަދި އިރުމަތީ ފަރާތް (ބޮޑު ގޭޓު ފަޅި) ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ، އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގައެވެ. އެކަމަކު އެ ދެ ފަރާތް ބަންދުކުރިތާ ދެ އަހަރު ދުވަސްވީ ފަހުން މިދިޔަ އަހަރު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ މެޗުތައް ކުޅުމަށް އެ ދެ ފަރާތް ކޮންމެސް ވަރަކަށް މަރާމާތުކުރިއެވެ.

ބަންދުކުރި ދެ ސިޑިބަރީގެ ތެރެއިން ސަހަރާ ފަޅީގެ ސިޑިބަރި އެންމެ ފުރަތަމަ ހަދާފައިވަނީ 90 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ސަހަރާ ފަޅީގެ ސިޑިބަރި ދަށުގައި އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތަކާއި، ހޭންޑްބޯޅަ އެސޯސިއޭޝަނާއި، ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ހުންނައިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް ގުދަންވެސް ހުރެއެވެ. އަދި މީގެ ކުރިން ބަންދުކުރި ދެ ސިޑިބަރި ފަހުން ބޭނުންކޮށްފައިވަނީ ރަށްރަށަށް ފޮނުވުމަށް ރާއްޖެ ގެނައި ކުޑަކުދިންގެ ޕާކުގެ ސާމާނު ބެހެއްޓުމަށެވެ.

މި އަހަރުގެ ތެރޭގައި ގަލޮޅު ދަނޑު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާއިން ދޭ 40 މިލިޔަން ޑޮލަރުގެ ލޯނު އެހީގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީކުރުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ 45 މިލިޔަން ރުފިޔާ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރު ބަޖެޓުގައި ވަނީ އެ ދަނޑުގެ ތަރައްގީއަށް 10 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ.

ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ ގަލޮޅު ދަނޑުގައި ކުޅެވެންދެން މިހާރު އޮތް ވިސްނުމަކީ ހުޅުމާލޭ ދަނޑުގައި ކުޅުން ކަމަށެވެ. އަދި ގަލޮޅު ދަނޑު އެއްކޮށް ތަޅާލަން ޖެހޭ ކަމަށާއި، އެ މަސައްކަތަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު ގަލޮޅު ދަނޑުގެ މަސައްކަތް ސީދާ ފެށޭނެ ތާރީޚެއް މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

ޒަމާނުން ފެށިގެން ރާއްޖޭގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކާއި، ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް މުޅިންހެން ބާއްވަމުން އަންނަނީ ގަލޮޅު ދަނޑުގައެވެ. އަދި މި ފަހުން ގަލޮޅު ދަނޑު މަރާމާތުކުރި ތިން ފަހަރުވެސް، މަރާމާތުކޮށްފައިވަނީ މުބާރާތް ބޯމަތިވެފައި އޮއްވައެވެ.

ގަލޮޅު ދަނޑު މަރާމާތުކުރަން ޖެހިފައިވާއިރު، މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑާއި، ވިލިމާލޭގައި ހަދަމުންދާ ޓާފް ދަނޑުގައި ކުޅުމަށް މަސައްކަތްކޮށްފައެވެ. އެކަމަކު މިހާތަނަށްވެސް މެޗުތައް ކުޅެފައިވަނީ ގަލޮޅު ދަނޑުގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު)އަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު