Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީސްޓަރ ބޮމުގެ ހަމަލާ

ދައުވާތައް ތަރުޖަމާކުމަށް ވަގުތު ދިނުމުގެ ގޮތުން ބޮމުގެ ހަމަލާގެ ޝަރީއަތް މާޗް މަހާ ހަމައަށް މެދުކަނޑާލައިފި

12 ޖެނުއަރީ 2022 | ބުދަ 10:25

25 މީހެއްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 ޖެނުއަރީ 2022 | ބުދަ 10:25
އީސްޓަރ ބޮމުގެ ހަމަލާގައި 270 މީހުން މަރުވި

އީސްޓަރ ބޮމުގެ ހަމަލާގައި 270 މީހުން މަރުވި

ދައުވާތައް ތަރުޖަމާކުމަށް ވަގުތު ދިނުމުގެ ގޮތުން ސްރީލަންކާގެ އީސްޓަރ ބޮމުގެ ހަމަލާގެ ޝަރީއަތް މާޗް މަހާ ހަމައަށް މެދުކަނޑާލައިފިއެވެ.

މާޗްމަހު ޝަރީއަތްތައް ކުރިއަށްގެންދާނީ ދައުވާތައް ތަމަޅަ ބަހަށް ތަރުޖަމާ ކުރުމަށްފަހުގައެވެ. މާރޗް މަހު ޝަރީއަތް ކުރިއަށްގެންދާނީ ވަކީލުން ހަމަނުޖެހި ތިބި މީހުންނަށް ވަކީލުންވެސް ހަމަޖެއްސުމަށްފަހުގައެވެ. 2019 ވަނަ އަހަރު ސްރީލަންކާގައި ބޮންތަކެއް ގޮއްވާލައި، 270 މީހުން މަރުވި ހާދިސާގައި 25 މީހެއްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމީހުންގެ މައްޗަށް 23،000ށް ވުރެ ގިނަ ދައުވާ އުފުލާފައިވެއެވެ.

ނޮވެމްބަރު މަހު ޝަރީއަތް ފެށިއިރު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ތިން ހޮޓަލަކަށާއި، ތިން ފައްޅިޔަކަށް އަމާޒުކޮށްދިން މި ހަމަލާއާ ގުޅުން ހުރި ތިން ޝަރީއަތެކެވެ. ޝަރީއަތުގައި ކުރީގެ ނޭޝަނަލް ޕޮލިސް ޗީފް ޕުޖިތް ޖަޔަސުންދަރަގެ މައްޗަށް، ތަކުރާރުކޮ،ށް ހަމަލާއާ ގުޅުންހުރި އިންޓަލިޖެންސް މައުލޫމާތު ލިބިހުރެމެ، އެކަށީގެންވާ ފިޔަވަޅުނޭޅުމުގެ ދައުވާ ވަނީ އުފުލާފައެވެ.

މީގެއިތުރުންވެސް ޖަޔަސުންދަރަގެ މައްޗަށް މުޅި ޖުމްލަ 855 ދައުވާއެއް ވަނީ އުފުލާފާއެވެ. އޭގެތެރޭގައި ގަސްތުގައި މީހުން މަރާލުމާއި މީހުން މަރާލުމަށް މަސައްކަތްކުރުމުގެ ދަޢުވާ ހިމެނެއެވެ. ޖަޔަސުންދަރައާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަށް، ހެކިންގެ ގޮތުގައި 1215 މީހުން ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެހުރިހާ އެންމެން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށް ހަދާނެކަމަށް ނުބެލެވޭކަމަށް ޖަޔަސުންދަރަގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުރީގެ ޑިފެންސް ސެކެރެޓަރީ ހެމްސާރީ ފެނާންޑޯގެ މައްޗަށްވެސް ވަނީ ހަމަ މިފަދަ ދަޢުވާތަކެއް އުފުލާފައެވެ. ފެނާންޑޯ އަކީ ބޮމުގެ ހަމަލާދިން އިރު ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ފަރާތެވެ.

މިހަމަލާއާ ގުޅުގެން ދައުވާ އުފުލާފައިވާ 25 މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި، މީހުން މެރުމަށް ރޭވުމާއި، އެކަމަށް އެހީތެރިވުމާއި، ހަމަލާދިނުމަށް މީހުން އެއްކުރުމާއި، ހަމަލާދިނުމަށް ބޭނުންކުރާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ދައުވާ ހިމެނެއެވެ. މީގެތެރޭގައި، މިހަމަލާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ސްރީލަންކާގެ އޮފިޝަލުން ތުހުމަތުކުރާ މުޙައްމަދު ނައުފަރުވެސް ހިމެނެއެވެ. މީނާ އަކީ އިސްލާމިކް ސްޓޭޓްއާ ގުޅުން އޮންނަ މީހެއްކަމަށް ލަންކާގެ އޮފިޝަލުން ބުނެއެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ހަމަލާދީފައިވަނީ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށެވެ. އެއްފަހަރާ ދިން މިހަމަލާތަކުގައި 270 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން 45 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މިހަމަލާތަކުގައި 500 މީހުން ވަނީ ޒަޚަމްވެފައެވެ. މިހަމަލާއަކީ ސްރީލަންކާގެ ތާރީޚުގައިވެސް ދިން މިފަދަ ނުރައްކާތެރި ފުރަތަމަ ހަމަލާއެވެ.

ސްރީލަންކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް