Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޫލް ހުޅުވުމުގެ ތައްޔާރީތައް

ކޮވިޑާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުމަށް ބަދަލެއް ނާންނާނެ - އެޑިއުކޭޝަން

ސްކޫލްތައް ހުޅުވާ ތާރީޚަށް ބަދަލެއް ނުގެންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 09:15
ސްކޫލްތައް ހުޅުވޭނީ ރަައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި

ސްކޫލްތައް ހުޅުވޭނީ ރަައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި

ކޮވިޑްގެ ހާލަތާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުމަށް ބަދަލެއް ގެނައުމަށް ވިސްނާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

2021 ވަނަ އަހަރުގެ 2 ވަނަ ޓާމުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖެނުއަރީ 16 ވަނަ ދުވަހު ސްކޫލްތައް ހުޅުވި ކިޔެވުމުގެ ކަންކަން ކުރިއަށްދާނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ ޚާއްސަ ފިޔަވަޅުތައް އަޅާފައިވާތީ، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމާއި މެދު ވަކިގޮތެއް ނިންމާފައިވޭތޯ ރާއްޖެ.އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުމާއި މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި، އައު އާންމު ހާލަތުގައި ކިޔަވައިދެމުންދިޔަ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާނެ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސްކޫލްތައް ހުޅުވާ ދުވަސްވަރު ކައިވެރިވެފައިވާތީ އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ޗުއްޓީ ނިމި ސްކޫލްތައް އަލުން ހުޅުވާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިހާރުވަނީ ފޮނުވާފައެވެ. މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާރކިއުލަރގައި ވަނީ އެޗްޕީއޭ އިން އާއްމު ކޮށްފައިވާ މިންގަނޑުތަކަށް އަމަލުކުރަން އަންގައި، މައިގަނޑު ފަސް ކަމެއް ތަންފީޒު ކުރަން އެދިފައެވެ.

ސްކޫލްތަކުން ތަންފީޒު ކުރުމަށް އަންގާފައިިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބޭރުން އަންނަ ކުދިން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި އަދި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމާއި، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ކުއްޖަކު ނުވަތަ މުވައްޒަފަކު އެ ރަށަަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމެވެ.

މީގެ އިތުރުން ސްކޫލްގެތެރޭގައި ކުދިންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރުމާއި، މި ދުވަސްވަރު ސްކޫލުގެ ތެރޭގައި ގްރޫޕް ހަދައިގެން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ކައިބޮއި ނުހެދުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްގެތެރޭގައި ގާއިމު ކޮށްފައިވާ "އިންފެކްޝަން މެޝާސް" ގެ ކަންކަން ފުރިހަމަ އަށް ތަންފީޒުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން 2020 ވަނަ އަހަރުވެސް ގްރޭޑު ހަތަކުން ފެށިގެން ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދިނީ އޮންލައިންކޮށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެހެން ތަނަކަށް ދަތުރު ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާ އަކާއެކުގައެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހެއެވެ، ކަރަންޓީނުން ދޫކުރެވޭނީ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

ސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު