Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޭއެސްސީގެ ތަހުގީގުތައް

މިދިޔަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި 400ށްވުރެ ގިނަ މައްސަލަ

2020 ޑިސެންބަރުގެ ނިޔަލަށް ތަހުގީގު މަރުހަލާގައި ނުނިމި އޮތީ 62 މައްސަލަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2022 | އަންގާރަ 04:46
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)- 2021 ވަނަ އަހަރު ނިމުނުއިރު ޖޭއެސްސީން ވަނީ 33 މައްސަލަ ތަޙްޤީޤުކޮށް ނިންމާފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)- 2021 ވަނަ އަހަރު ނިމުނުއިރު ޖޭއެސްސީން ވަނީ 33 މައްސަލަ ތަޙްޤީޤުކޮށް ނިންމާފައި

މިދިޔަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި 400ށްވުރެ ގިނަ މައްސަލަ ހުށައެޅިފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނީ، 2021 ވަނަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށަހެޅިފައިވަނީ 404 މައްސަލަ ކަމަށެވެ. އޭގެ ތެރެއިން މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން 395 މައްސަލަ ނިންމާފައިވެއެވެ. އަދި 2022 ވަނަ އަހަރު ފެށިގެން ދިޔައިރު ކޮމިޓީގައި ގޮތެއް ނުނިމި އޮތީ 42 މައްސަލަ ކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ. އޭގެ ކުރިން 2020 އަހަރު ނިމުނުއިރު، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގައި ގޮތެއް ނުނިމި އޮތީ 33 މައްސަލައެވެ.

އޭގެ އިތުރުން، 2020 ޑިސެންބަރުގެ ނިޔަލަށް ތަހުގީގު މަރުހަލާގައި ނުނިމި އޮތީ 62 މައްސަލަކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ. އަދި 2021 ވަނަ އަހަރު 26 މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާފައިވާއިރު، ތަހުގީގު ކުރުމަށް 2021 ގައި ކޮމިޓީއާ ހަވާލުކުރި މައްސަލައިގެ އަދަދަކީ 26 ކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދެއެވެ.

2021 ވަނަ އަހަރު ނިމުނުއިރު ޖޭއެސްސީން ވަނީ 33 މައްސަލަ ތަހުގީގުކޮށް ނިންމާފައެވެ. އަދި ތަހުގީގު ނުނިމި އޮތީ 55 މައްސަލަ އެވެ.

ފަނޑިޔާރުންނާއި ގުޅިގެން ހުށައެޅިފައިވާ މައްސަލަތަކަށް ބަލާއިރު، 2021 ވަނަ އަހަރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 01 ފަނޑިޔާރެއްގެ މައްސަލަ އެވެ. އެއީ ކްރިމިނަލް ކޯޓިގެ ގާޒީ އިސްމާއިލް ރަޝީދުކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ. އެގޮތުން ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި 7 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް އެ ދައުވާތަކުގެ ނިންމުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އޮތީ ލިޔެފައި ކަމަށް ޖޭއެސްސީގެ ތަހުގީގުން ދައްކާކަން އޭރު ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި، އަދި ވަކިން ޚާއްސަކޮށް ވަކި ގަޒިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ގަޒިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ގަޒިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުން ދިއުންފަދަ މައްސަލަތައް އެކަމާއި ގުޅިގެން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

މަގާމުން ވަކި ކުރުން ފިޔަވައި އިތުރު ސުލޫކީ ފިޔަވަޅު 14 ފަނޑިޔާރުންގެ މައްޗަށް އަޅާފައިވެއެވެ. އަދި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 18 މައްސަލައެއް ނިންމާފައިވެއެވެ.

ޖޭއެސްސީފަނޑިޔާރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު