Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް

ސިރިންޖް ޝިޕްމެންޓް މި ހަފުތާތެރޭގައި ލިބޭނެކަމަށް ބެލެވޭ: އެޗްޕީއޭ

ސިރިންޖް ޝިޕްމެންޓް ލިބުމުން ބޫސްޓަރ ޑޯޒް ޖެހުމަށް އާންމުންނަށް ހުޅުވާލާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޖެނުއަރީ 2022 | ހޯމަ 08:40
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ކޮވިޑް-19 ވެކްސިން ޖެހުމަށް ބޭނުންކުރާ ސިރިންޖް ޝިޕްމެންޓް މި ހަފްތާ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި މިހާރު ވަނީ ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައެވެ. މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ވަކި ކެޓެގަރީތަކަކަށެވެ. އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާިއރު، ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން ފެށުމަށް ފައިޒަރ ވެކްސިންގެ 100،620 ޑޯޒުގެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.

އެހެންނަމަވެސް، ވެކްސިން ޖަހަން ނުފެށި ލަސްވަނީ ބޭނުންވާ ސިރިންޖު ނުލިބޭތީ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. އޭރު އެޗްޕިއޭއިން ބުނީ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސްޓޯރޭޖް ޝޯޓޭޖެއް އުޅޭތީ، ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ސިރިންޖް ޝިޕްމެންޓް ލިބޭނެ ވަކި ތާރީޚެއް ސާފުކޮށްލަން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އެޗްޕީއޭއިން ބުނީ މި ހަފްތާ ތެރޭގައި ސިރިންޖް ޝިޕްމެންޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ޝިޕްމެންޓް ލިބުމުން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ތާރީޚެއް އިއުލާނުކުރާނެ ކަމަށެވެ.

މިވަގުތު ވެކްސިން ޖަހައިދެމުންދަނީ ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި ސިއްހީ ޚިދުމަތްތެރިންނަށެވެ. ގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ. މިދިޔަ ޑިސެމްބަރުމަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބާރަށް ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަން ފެށުމަށް ސިއްހީ މާހިރުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައެވެ. ވެކްސިނުން ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.

ބޫސްޑަރ ޑޯޒް މިހާރު ޖަހައިދެމުންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ޑޯޒް ޖަހައިދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. އެޗްޕީއޭއިން ބުނީ މި ސެންޓަރުތަކުން ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޮވިޑް-19ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 27,474 އަށް އަރާފައެވެ. 396،954 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެ ވަނަ ޑޯޒް ޖަހާފައިވަނީ 368،153 މީހުންނެވެ.

އެޗްޕީއޭކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު