Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ޙަމަލާ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2022 | އާދީއްތަ 10:12
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ލިއެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރައްވައި، ޙައްޤުތައް ކަށަވަރު ކުރައްވާފައެވެ. އަދި ދެފަރާތުންވެސް ވަކީލަކު ހަމަޖައްސާފައިވާތީ ދައުވާ އިއްވުމާއި، ދައުވާ ސާފުކޮށްދިނުމުގެ ބައި ކުރިއަށް ގެންދިއުމަށް ވަނީ ދަންނަވާފައެވެ. ނަމަވެސް އޭގެ ކުރިން ދައުލަތުން މި މައްސަލައިގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާތީ އެކަމާ ގުޅޭގޮތުން ޝަރީއަތުން ނިންމި ނިންމުން ވަނީ އިއްވަވާފައެވެ.

Advertisement - newsAdvertisement

ގާޒީ އަލީ އާދަމް ވިދާޅުވީ، ދައުލަތުން ރައްކާތެރި ކުރުމަށް އެދިފައިވާ ހެކިތަކުގެ ތެރޭގައި ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާނާއި، ތަހުގީގަށް މީހުން ފާހަގަކޮށްދީފައިވާ ލިއުމާއި، އެއާގުޅޭ އިންޓަރވިއު ރެކޯޑިންގ ސީޑީތަކާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ހިމެނޭ ކަމަށެވެ. ގާޒީ ވަނީ އެ ހެކިތައް ރައްކާތެރި ކުރެއްވުމުގެ އަމުރެއް ނެރެދެއްވާފައެވެ. އަދި ބައެއް ހެކިތައް ހާމަ ކުރެވެން އޮތް މިންވަރަކުން ޝަރީއަތުގެ މަޖިލީހުގެ މެދުވެރިކޮށް ދިރާސާ ކުރުމުގެ ފުރުސަތު ލިބިދެވޭގޮތަށް ވަކި މިންވަރަކަށް (ޕާޝިއަލް ޑިސްކްލޯޝަރ) ހެކި ހާމަ ކުރުމުގެ އަމުރެއްވެސް ވަނީ ނެރެދެއްވާފައެވެ. އެގޮތުގެ މަތިން އެ ހެކިތައް ވަނީ ރައްކާތެރި ކުރައްވާފައެވެ.

އޭގެ ފަހުން ދައުލަތުން ވަނީ މި މައްސަލައިގެ ދައުވާ ހުށައެޅުއްވުމުގެ ބައި ކުރިއަށް ގެންގޮސްފައެވެ. އެ ދެމީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން އައިސިސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ފިކުރު ޕްރޮމޯޓު ކުރުމަށް އެމީހުން މަސައްކަތް ކޮށްފައިވާ ކަމަށާއި، މި ދައުވާ ސާބިތުވެއްޖެނަމަ، 3 އަހަރާއި 5 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުވާއާ ގުޅޭގޮތުން އަބްދުﷲ އަލީމަނިކު ބުނީ، ދައުވާ ސާފުވެއްޖެ ކަމަށާއި، ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2019ގެ ފަހުކޮޅު އައިސިސްގެ ލީޑަރު މަރާލާފައިވާ ކަމަށާއި، އެއީ އުވިފައިވާ ޖަމާއަތެއްކަމަށް އޭނާ ބުނެއެވެ. ވީއިރު ނެތް ޖަމާއަތަކަށް ތާއީދުކުރާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. އަބްދުﷲ އަލީމަނިކު ވަނީ މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިންނަކީ އުފައްދާފައިވާ ހެކިންކަމަށް ބުނެފައެވެ.

އޭގެ އިތުރުން، 2017 ގައި ދައުލަތުގެ އިމާމެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

ދައުވާއާ ގުޅޭގޮތުން މުޙައްމަދު ތަސްލީމު ބުނެފައިވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި، ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި ތަސްލީމުގެ ވަކީލު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ މުޅި ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށާއި، އޭނާއަކީ ދީނީ ޝިއާރު ކުރިއެރުވުމަށް 2012 ވަނަ އަހަރުން ފެށިގެން ފުންނާބުއުސް ޝޭހުންނާއެކު މަސައްކަތް ކުރަމުންދާ މީހެއްކަމަށެވެ. ޖަމިއްޔަތުއް ސަލަފާއި، ޕީސް ފައުންޑޭޝަނާއި، ދިވެހި ފައުންޑޭޝަން އޮފީހުގައި އެފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، މުޙައްމަދު ތަސްލީމްއޭ ބުނެއްޖެނަމަ ނޭނގޭ މީހަކު އެ ދާއިރާއިން ނުހުންނާނެކަމަށް ވަކީލު ވިދާޅުވެއެވެ. އަދި އައިސިސްއާ ދެކޮޅަށްވެސް އޭނާ އަޑުއުފުލާފައިވާނެކަމަށް ވަކީލު ވިދާޅުވިއެވެ. ވަކީލު ވަނީ ދިފާއީ ހެކި ހާމަ ކުރުމުގެ ބައި، ފަހުގެ އަޑުއެހުމެއްގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ. ސަބަބެއްގެ ގޮތުން ފާހަގަ ކުރެއްވީ ރައްކާތެރި ކޮށްފައިވާ ހެކިތަކުގެ ތެރެއިން ދިރާސާ ކުރުމުގެ ހުއްދަ ލިބިދެވޭ ހެކިތައް ދިރާސާ ކުުރުމަށް ފުރުސަތެއް ބޭނުންވާތީއެވެ. އަލީމަނިކުވެސް ވަނީ އިތުރު ވަގުތު ބޭނުންވާކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ވަނީ ސިއްރު ލިއުންތައް ދިރާސާ ކުރުމާއެކު، ހެކި ހާމަ ކުރުމަށް ދިފާއަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެގޮތުން 24 ޖެނުއަރީގެ ކުރިން ލިއުމުން ހެކި ހުށައެޅުމަށް ވަނީ ދަންނަވާފައެވެ.

ދިފާއީ ވަކީލު ވަނީ ތަސްލީމް ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ގާޒީ އަމުރު ކުރައްވާފައިވީނަމަވެސް، އަދިވެސް ރިމާންޑް ޖަލަަކަށް ބަދަލުކޮށްފައި ނުވާކަމުގެ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައެވެ.

އޭގެ އިތުރުން، އަލިމަނިކާއި ތަސްލީމު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުންވެސް ގާޒީ ވަނީ ދަމަހައްޓަވާފައެވެ. އަދި އެ ދެމީހުން ރިމާންޑް ޖަލަކަށް ބަދަލު ކުރެވޭނެ ތާރީޚެއް 7 ދުވަހުގެ ތެރޭގައި އެންގުމަށްވެސް ގާޒީ ވަނީ ދަންނަވާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓްމޭ6ޓެރާރއެޓޭކްއައިސިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު