Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލުން ލީޑު ފުޅާކުރިއިރު، ބާސާ އެއްވަރު

9 ޖެނުއަރީ 2022 | އާދީއްތަ 04:15

ގްރަނާޑާ އާއި ބާސާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖެނުއަރީ 2022 | އާދީއްތަ 04:15
ރެއާލާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވެލެންސިއާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރިއިރު، ގްރަނާޑާ އާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ވެލެންސިއާ އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަރީމް ބެންޒެމާއެވެ. މިއީ އޭނާ ރެއާލުގެ ޖާޒީގައި ކާމިޔާބުކުރި 300 ވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ވިނީޝިއުސް ޖޫނިއާ ވަނީ ދެ ލަނޑު ޖަހައި، ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ ފަހުން ވެލެންސިއާގެ ގޮންކާލޯ ގުއޭޑޭޝް ކާމިޔާބުކުރި ލަނޑުން އެ ޓީމުން ފަރަގު ކުޑަކުރި ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.

މި މެޗުން ރެއާލް މޮޅުވިއިރު، އެ ޓީމާ ވާދަވެރި ބާސާ އެއްވަރުވީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ގްރަނާޑާއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ގްރަނާޑާގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބާސާއިންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ. އެކަމަކު އޭގެ ފަހުން ބާސާއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ގަވީއަށް ދެވަނަ ރީނދޫ ކާށޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ގްރަނާޑާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ޕުއެޓާސްއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ހަވަނައިގައި 20 މެޗުން 32 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ރެއާލަށް 21 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފައެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްބާސެލޯނާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް