Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައު އަހަރުގެ ޓޫރިސްޓު އެރައިވަލް

މިއަހަރުގެ ޓޮޕް މާކެޓަށް ރަޝިއާ އަރައިފި

9 ޖެނުއަރީ 2022 | އާދީއްތަ 03:45

2021 ވަނނަ އަހަރު ނިމުނުއިރު ޓޮޕް މާކެޓުގެ ގޮތުގައި އޮތީ އިންޑިއާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޖެނުއަރީ 2022 | އާދީއްތަ 03:45
ފަތުރުވެރިން ރާއްޖެ އަންނަނީ

ފަތުރުވެރިން ރާއްޖެ އަންނަނީ

2022 ވަނަ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އަހަރުގެ ފުރަތަމަ 5 ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އަހަރުގެ ފުރަތަމަ ފަސް ދުވަހު 24،527 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. މީގެ ތެރޭގައި ރަޝިއާއަށް ނިސްބަތްވާ 6،700 ފަތުރުވެރިން ހިމެނެއެވެ.

މިއާއެކު މިއަހަރުގެ ޓޮޕް މާކެޓުގެ ގޮތުގައިވެސް އޮތި ރަޝިއާ މާކެޓެވެ. އަހަރުގެ ފުރަތަމަ 5 ދުވަހު އައި ފަތުރުވެރިންގެ 27.3 އިންސައްތަ ހިއްސާކުރަނީ ރަޝިއާ މާކެޓު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ދެވަނައިގައި އިޓަލީ އޮތްއިރު އިޓަލީން 3،162 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ޖަރުމަނުން އައިސްފައިވަނީ 1،665 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރު ރާއްޖޭގެ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ޗއިނާ، އިންޑިއާ އަދި އިޓަލީއެވެ.

މިއަހަރުގެ މިހާތަނަށް 24،527 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 56.4 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 15،680 ފަތުރުވެރިންނެވެ. މިއަހަރު ދުވާލެއްގެ މައްޗަށް 4،905 ފަތުރުވެރިން އައިސްފައިވެއެވެ. އަދި 9 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. މިއީ 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރާ އަޅާ ބަލާއިރުވެސް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 930 ފެސިލިޓީއެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 161 ރިސޯޓާއި، 624 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 145 ސަފާރީއެކެވެ. މި 930 ފެސިލިޓީގައި ޖުމްލަ 53،166 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

2021 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 1،321،932 ފަތުރުވެރިން ރާއްޖެ އައިކަމަށް ވަނީ ރެކޯޑްކޮށްފައެވެ. 2021 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 3،622 ފަތުރުވެރިން އައިސްފައިވާއިރު، 8 ރޭ ރާއްޖޭގައި މަޑުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ މާކެޓުންނެވެ. މިދިޔަ އަހަރު އައި ފަތުރުވެރިންގެ 22.1 އިންސައްތަ އިންޑިއާ މާކެޓުން ވަނީ ހިއްސާކޮށްފައެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު ރަޝިއާއިން އައި ފަތުރުވެރިން ވަނީ 16.8 އިންސައްތަ ހިއްސާކޮށްފައެވެ. ލިސްޓުގެ ތިންވަނައިގައި ޖަރުމަނު އޮތްއިރު ޖަރުމަނު ފަތުރުވެރިން ވަނީ 7.2 އިންސައްތަ ހިއްސާކޮށްފައެވެ. މި ތިން ގައުމުގެ އިތުރުން ޓޮޕް މާކެޓްތަކުގެ ތެރޭގައި ހިމެނެނީ ޔޫކޭ، ޔޫއެސް، ސައުދި އަރަބިއާ. ސްޕެއިން، ޔޫކްރެއިން، ފްރާންސް އަދި އިޓަލީއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް