ހދ. ކުޅުދުއްފުށި ސިޓީ
|
8 ޖެނުއަރީ 2022 | ހޮނިހިރު 21:59
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ސޯޝަލް މީޑިއާ
ކުޑަކުއްޖަކަށް އިހުމާލުވުމުގެ މައްސަލައެއް
ކުޑަކުއްޖަކަށް އިހުމާލުވުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
 
ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭކަމެއް ކަމުން، މިކަމުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރޭ
 
ފުލުހުން ބުނީ، އުތުރުގެ 3 އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި 10 އަހަރުގެ ކުއްޖަކަށް އިހުމާލުވުމުގެ މައްސަލައެއް ހުށަހަށާފައިވާ ކަމަށް

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އިހުމާލުވުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި 10 އަހަރުގެ ކުއްޖަކަށް އިހުމާލުވުމުގެ މައްސަލައެއް ފުލުހުންނަށް ހުކުރު ދުވަހުގެ ރޭ ހުށަހަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އެ މައްސަލައަކީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

18 އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގި މައްސަލައެއްވެސް ހުކުރު ދުވަހުގެރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަންވެސް އެ އިދާރާއިން ބަލަމުން އަންނަ އިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް