Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ނިޒާމް ލާމަރުކަޒުކުރުން

އައިޖީއެމްއެޗް ކައިރީގައި ޓަވަރެއް އަޅައިގެން ބަލަން އިނދެވިދާނެ، އޭގެ ސަބަބުން ދިގުވާނީ ކިއު، ބުރަވާނީ ރައްޔިތުންނަށް – ރައީސް

ސިއްހީ ނިޒާމް ތަރައްގީކުރުމަށްޓަކައި އެކިއެކި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ތަރައްގީކޮށް، 5 ޓާޝަރީ ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2022 | ހޮނިހިރު 13:36
ރައީސް ގަމު ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން

ރައީސް ގަމު ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން

ރާއްޖޭގެ 5 ސަރަހައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުތަކުގެ ބަދަލުގައި އައިޖީއެމްއެޗާ އިންވެގެން މި ސަރުކާރުން ވެސް ޓަވަރެއް އެޅިދާނެ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން އައިޖީއެމްއެޗްގެ ކިއު ދިގުވެ ރައްޔިތުންނަށް ވާނީ ބުރަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް ތައާރަފްކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ސިއްހީ ނިޒާމް ތަރައްގީކުރުމަށްޓަކައި އެކިއެކި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ތަރައްގީކޮށް 5 ޓާޝަރީ ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

ސިއްހީ ދާއިރާއަކީ ރާއްޖޭގައި ތަރައްގީކުރަން ޖެހިފައި އޮތް އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، މިކަން ފަސޭހައިން، ކައިރިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 5 ހޮސްޕިޓަލެއްގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ 5 ހޮސްޕިޓަލަށް ކުރާ ޚަރަދު އެއްކޮށްލާފައި އެމަނިކުފާނަށް ވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ ކަމަށާއި، އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ރޯދައިގެ ކުރިން އައު 4 މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ. މިހާތަނަށް މި ސަރުކާރުން 25 ރަށެއްގެ ބަނދަރު ހަދާ ނިންމައި، 39 ރަށުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 13 ރަށެއް ކޮންޓްރެކްޓް ކުރެވި 29 ރަށެއްގެ މަސައްކަތް ޓެންޑަރގައި އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އިތުރު 22 ރަށެއްގެ ބަނދަރު ހެދުމަށް ބަޖެޓް ކުރެވިފައިވާ ކަމަށާއި، ހަމައެކަނި މި ކަންތަކަށް ބެލިނަމަވެސް، މި ސަރުކާރުގެ މަންޒަރު ވަރަށް ތަފާތުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ޒަމާނުގައި ސަރުކާރެއް އުފެދޭ އެންމެ ބޮޑު އަސާސަކީ މެނިފެސްޓޯއެއް ކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމުގެ ވައުދު ނާމާއެއް ކަމަށާއި، އެމްޑީޕީން ވެރިކަމަށް އައިސް މިތިބީ އެފަދަ ވައުދުނާމާއެއް ހިފައިގެން ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19ން މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދީވެސް ވައުދުތަކާއެކީގައި ކަމަށާއި، މިއަދު ކުރަމުން މިދަނީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ ފާއިތުވި 3 އަހަރަކީ މި ދާއިރާގެ ރަށްތައް ނުދެކޭފަދަ ތަރައްގީގެ 3 އަހަރުކަމާމެދު އެއްވެސް ބޭފުޅަކު ޝައްކު ނުކުރައްވާނެ ކަމަށެވެ. މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގައި އިންނަވާ ބޭފުޅަކީ ސަރުކާރަށް ތާއީދުކުރާ ފަރާތަކަށް ވާންޖެހޭ ކަމަށާއި، ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކޮށް ކައިރިން ޚިދުމަތްތައް ދޭން ބޭނުންވާއިރު، މަޖިލީހުގައި އެ ފިކުރު ބޭނުންވާ ކަމަށެވެ. އަދި މިއާ އިދިކޮޅު ފިކުރުގެ ބަޔަކު މި ދާއިރާއިން އިންތިޚާބުކޮށްފިނަމަ އުނދަގޫވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއާ ވާދަކުރައްވާ ބޭފުޅުންގެ ފިކުރަކީ މަރުކަޒީ ނިޒާމެއް ގާއިމް ކުރުން ކަމަށާއި، އެއްތަނަކަށް މީހުން ޖަމާކޮށް ޚިދުމަތްތައް ޖަމާކުރުން ކަމަށެވެ. އަދި މިއީ މި ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްދަރުމަވަންތަ ހޮސްޕިޓަލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ސޯލިހު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު