Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ކްރިކެޓް ޕްރިމިއާ ލީގު

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއަށް

އޮއްފު އެފްސީ ވަނީ ކޮމެޓްސް އަތުން ހަތް ވިކެޓުން މޮޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 21:27
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާލޭ ވެޓެރަންސް ޓީމު

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާލޭ ވެޓެރަންސް ޓީމު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދާފައިވަނީ ބާކީ މެޗެއް އޮއްވައެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

ހުކުރު ދުވަހު ކުޅުނު މެޗަށްފަހު މާލޭ ވެޓެރަންސްއިން ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް މިހާރު ވަނީ ހަ މެޗުން 18 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މިލާން ކްރިކެޓް އެކެޑަމީ އާއި ތިންވަނައިގައި އޮތް މާލޭ ސްޕޯޓްސް ކުލަބަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ކުލަބު ވިޔަންސާ އާއި ފަސްވަނައިގައި އޮތް ނިއު ސްޓާއަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. އަދި ހަވަނައިގައި އޮތް ކޮމެޓްސް ކްރިކެޓް ކުލަބަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އޮއްފު އެފްސީ އާއި އައިޒީ ސްޕޯޓްސްއަށް ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމަކުންވެސް ހަތް މެޗު ކުޅޭއިރު، ހުކުރު ދުވަހު ހެނދުނު ކުޅުނު މެޗުން މާލޭ ވެޓްރަންސް މޮޅުވީ މާލޭ ސްޕޯޓްސް ކުލަބާ ބައްދަލުކޮށް އަށް ވިކެޓުންއެވެ. މި މެޗުގެ ޓޮސް ދިމާވުމުން މާލޭ ވެޓެރަންސްއިން ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މާލޭ ސްޕޯޓްސް ކުލަބު ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ބޯޅައިން 36 ލަނޑު ހެދި އަބްދުލް ހަލީގެވެ. ޖަވާބުގައި މާލޭ ވެޓެރަންސް ކުޅެން އަރައި 16.3 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 123 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 64 ބޯޅައިން 72 ލަނޑު ހެދި ޗަންދަނާއެވެ.

މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހު ކުޅުނު ދެވަނަ މެޗުން އޮއްފު އެފްސީއާ ބައްދަލުކޮށް ކޮމެޓްސް ވަނީ ހަތް ވިކެޓުން މޮޅުވެފައެވެ. މި މެޗުގައި ޓޮސް ދިމާވުމުން އޮއްފު އެފްސީ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 30 ލަނޑު ހެދި ވަގާސް ޒާހިދެވެ. ޖަވާބުގައި ކޮމެޓްސް ކުޅެން އަރައި 13.4 ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 120 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 38 ލަނޑު ހެދި އަޙްމަދު ހަސަން ސޯބިރެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުވެސް ދެ މެޗެއް ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިޒީ އާއި މާލޭ ވެޓެރަންސްއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮއްފު އެފްސީ އާއި ވިޔަންސާއެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު