Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައިކަރަދޫއިން ދަނޑު ބިން ދޫކުރުން

ވައިކަރަދޫއިން ދަނޑުބިން ދޫކުރަނީ

ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ދަނޑަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލަށް ހުށަހަޅަންޖެހޭ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 7 ޖެނުއަރީ 2022 | ހުކުރު 17:36
ވައިކަރަދޫގެ ފަތްކެޔޮ ދަނޑެއް

ވައިކަރަދޫގެ ފަތްކެޔޮ ދަނޑެއް

ހދ. ވައިކަރަދޫން ދަނޑުވެރިކަމަށް ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. މިފަހަރު ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މޫސުމީ ދަނޑުވެރިކަމަށެވެ.

ވައިކަރަދޫ ކައުންސިލުން މިމަހުގެ 6 ވަނަ ދުވަހު ކޮއްފައިވާ އިއުލާނުގައިވާ ގޮތުން، މޫސުމީ ދަނޑު ހެއްދުމަށްޓަކައި ރަށުން ބިން ދެވެންއޮތް ސަރަހައްދު ތަކުން ބިން ދޫކުރުން މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މޫސުމީ ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ދަނޑަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އެ އިދާރާއަށް ހުށައެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ދަނޑު ބިން ނެގުމަށް ފުރުޞަތު ހުޅުވާލާފައި ވީނަމަވެސް، އެކައުންސިލުން ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމްތަކާއި ގުޅިގެން ދަނޑު ކައުންސިލަށް ނެގުން އެކަށީގެންވާކަން ރައްޔިތުންގެ ސަމާލުކަމަށް އެކައުންސިލުން ވަނީ އަންގާފައެވެ. އަދި އެފަދަ ހާލަތުގައި އެއްވެސް ބަދަލެއް ދިނުމަކާއިނުލައި ކައުންސިލަށް ދަނޑުބިން ނެގޭނެ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

އެހެންކަމުން މި ދަނޑުތަކުގައި ހެއްދޭނީ ކުރުމުއްދަތުގައި ހައްދައިގެން ކެނޑޭނެ މޫސުމީ ބާވަތްތައް ކަމަށާއި، އަދި އެ މުއްދަތުގެ ތެރޭގައި ދަނޑުތަކުގައި ފެންވަޅުކޮނެ ގެ އެޅުމަކީ މަނާ ކަމެއްކަމަށްވެސް އެކައުންސިލުން ބުނެއެވެ.

ދަނޑަށް އެދޭ ފޯރމް އެރަށު ކައުންސިލުން އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، ފޯމެއްގެ އަގަކީ -/3 ރުފިޔާ ކަމަށް ކައުންސިލުން ބުނެއެވެ.

ހދ. ވައިކަރަދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންއަންނަ ރަށެކެވެ.

ހދ،ވައިކަރަދޫ

އިތުރަށް ކިޔާލަން

07 ޖޫން 2022

ވައިކަރަދޫ ދާއިރާގެ މެމްބަރު 6 މަސް ވަންދެން އެމްއެންޕީގެ ދަފްތަރުގައި އޮތް މައްސަލަ މަޖިލީހުން ބަލަނީ

07 ޖޫން 2022
ވައިކަރަދޫ ދާއިރާގެ މެމްބަރު 6 މަސް ވަންދެން އެމްއެންޕީގެ ދަފްތަރުގައި އޮތް މައްސަލަ މަޖިލީހުން ބަލަނީ
30 މެއި 2022

ވައިކަރަދޫގެ މެމްބަރު ޒިޔާދުއަށް ނޭނގި އޭނާގެ ނަން އެމްއެންޕީގައި

30 މެއި 2022
ވައިކަރަދޫގެ މެމްބަރު ޒިޔާދުއަށް ނޭނގި އޭނާގެ ނަން އެމްއެންޕީގައި
07 ފެބުރުއަރީ 2022

ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

07 ފެބުރުއަރީ 2022
ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
09 އޮކްޓޯބަރު 2018

ކުރިނބީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ

09 އޮކްޓޯބަރު 2018
ކުރިނބީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ
07 އޮކްޓޯބަރު 2018

ހުޅުމާލޭން 400 ގޯތި ދޫކުރަނީ

07 އޮކްޓޯބަރު 2018
ހުޅުމާލޭން 400 ގޯތި ދޫކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު