Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ މަޝްރޫއު

ފްލެޓް ދޫކުރަނީ އެކަނިވެރިން މައިން ބަފައިން ފިޔަވައި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް އެކަނި

6 މެއި 2018 | އާދީއްތަ 08:41

ހިޔާ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 މެއި 2018 | އާދީއްތަ 08:41
ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު

ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 7،000 ފްލެޓް ދޫކުރާނީ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން ފިޔަވައި ހަމައެކަނި ކައިވެނި ކޮށްގެން އުޅޭ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ 17 ކެޓަގަރީތަކަށް ބަހާލައިގެން ހުޅުވާލާ ފުރުސަތަކީ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެއްކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މިކެޓަގަރީތަކުގެ ތެރެއިން ފޯމު ލެވޭނީ ބޭނުންވާ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.

ފޯމު ދޫކުރުން 6 މެއިން ފެށިގެން ކުރިއަށްދާއިރު އެންމެ ފަހު ދުވަހެއްގެ ގޮތުގައި ފޯމު ދޫކުރާނީ ޖުލައި މަހުގެ 31 އަށެވެ. އަދި ޖޫން މަހުގެ 3 އިން ފެށިގެން ޖުލައި 31 އާއި ހަމައަށް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

"މީގެ ކުރީގެ ފްލެޓްތަކަށް ލުމަށް ކަނޑައަޅާފައިވާ އުމުރަކީ 21 އަހަރު. އެހެން ނަމަވެސް މިފަހަރު ރައީސް ޔާމީން ވަރަށް އިސްކަމެއް ދެއްވާ ޒުވާނުންނަށް އިސްކަމެއް ދެއްވަން. އެހެން ކަމުން މިފަހަރު އަޅުގަނޑުމެން މިނިންމީ 18 އަހަރު ވެއްޖިއްޔާ ފޯމު ލެވޭނޭ. ފްލެޓްވެސް ލިބޭނޭ. އެހެންކަމުން އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ އެންމެ ދަށް އުމުރަކަށް 18 އަހަރަށް. 18 އަހަރު ވެއްޖިއްޔާ ވޯޓުވެސް ލެވޭ. އެހެން ކަމުން އެވަރުގެ ޒިންމާއެއް އުފުލެންޏާ އެ ހައްގުވެސް އެމީހަކަށް އޮންނަން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ކަމުގައިވާނަމަ އޭގެތެރެއިން އެކަކު ފްލެޓް ދޫކުރަން ޖެހެއެވެ. އެހެން ނަމަވެސް 600 އަކަފޫޓަށްވުރެ ކުޑަކޮށް ގެއެއް ނުވަތަ ފްލެޓެއް ލިބިފައިވާ ކަމުގައިވާނަމަ އެމީހަކަށް މި މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސޯޝަލް ހައުސިންގެ ދަށުން ހައުސިން މިނިސްޓްރީން އެންމެފަހުން ދޫކުރި 661 ފްލެޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ފްލެޓް ލިބުނު ފަރާތްތައް ކަނޑައެޅުމުގައި މިނިސްޓަރީން ގެންގުޅު އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިނިސްޓްރީން އިއުލާން ކުރީ ފްލެޓް ލިބޭ ފަރާތުގެ ނަމުގެ ބަދަލުގައި ފްލެޓަށް އެދި ހުށަހެޅި ފޯމް ނަމްބަރު އެކަންޏެވެ. އެ ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު ފްލެޓް ދީފައި ވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެކަމުގެ ޝަކުވާތައް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިއެވެ.

ފެލްޓްތަކާ ގުޅިގެން އެންމެ ފުރަތަމަ އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނީ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ނެރުމާ ގުޅިގެންނެވެ. އަދި ވަގުތީ ލިސްޓާ ގުޅޭ ގޮތުން އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ހައުސިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓް ވެސް ނެރެފައެވެ. ފްލެޓް ލިބުނު ފަރާތްތަކާ ފްލެޓް ހަވާލުކުރިއިރު އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގުކޮށް ނިމިފައެއްވެސް ނުވެއެވެ.

މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީއާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
06 އެޕްރީލު 2017

ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި

06 އެޕްރީލު 2017
ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި
01 އެޕްރީލު 2017

ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ

01 އެޕްރީލު 2017
ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް