Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާޓީތަކުގެ ދަފްތަރު

ވައިކަރަދޫ ދާއިރާގެ މެމްބަރު 6 މަސް ވަންދެން އެމްއެންޕީގެ ދަފްތަރުގައި އޮތް މައްސަލަ މަޖިލީހުން ބަލަނީ

ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 08:34
 ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާގެ މެމްބަރު

ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާގެ މެމްބަރު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން އޭނާއަށް ނޭނގި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ދަފްތަރުގައި 6 މަސް ދުވަސްވަންދެން އޮތް މަައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފިއެވެ.

ޒިޔާދުއަށް އޭނާ ޕާޓީ ބަދަލުކޮށްފައިވާކަން އެނގުނީ މިދިޔަ މަހުގެ 29ގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އީސީއަށް މެސެޖް ކުރުމުންނެވެެ. އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވެލިދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި މައްސަލައަށް ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، އޭނާ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވީވެސް އަދި މިހާތަނަށް ދެމިހުންނެވީވެސް އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ނޭގި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ހުންނަވާތާ މިހާރު 6 މަސްވެފައިވާ ކަމަށެވެ. މަޖިލިސް މެމްބަރެއް ޕާޓީ ބަދަލުކުރަންޖެހޭ އުސޫލްތައް އޮންނައިރު، އީސީގައި އެމްއެންޕީ މެންބަރުންގެ ދަފްތަރުގައި އޮންނަތާ 6 މަސްވެފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ހެދިފައިވާ އުސޫލުތަކުގެ ގޮތުން އެއް ޕާޓީން އަނެއް ޕާޓީއަށްމީހުން ބަދަލު ކުރުމުގެ މަގުފަހިވަނީ ކަމަށް ގަބޫލު ނުކުރެވެނީ، އޭނާއާމެދު ކަންހިގާފައިވާ ގޮތުން ކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވަމުން ޒިޔާދު ވިދާޅުވީ، އެމްއެންޕީއަށް ސޮއިކުރިކަމަށް ބުނާ ފޯމުގައި އޭނާގެ ސޮއި އަދި ފިންގަރ ޕްރިންޓްވެސް އެބައޮތް ކަމަށެވެ. އަދި ހެކިވެރިންނާއި އެމްއެންޕީގެ ރަޖިސްޓްރާވެސް ސޮއިކޮށްފައިވާކަމަށެވެ. މިއީ ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަން ޖެހޭނީ ޕާޓީތަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީވެސް ޕާޓީތަކަށް ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާ އެމްއެންޕީއަށް ވެއްދުމަށް ފުރާފައިވާ ފޯމު މަޖިލީހުގެ އަމީންއާމްއާއި ހަވާލުކުރުމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ބަދަލުކުރުމުގައި އެމީހުންގެ ބައިވެރިވުމެއް ނެތި އަމަލުކުރަމުން ދާކަމަށެވެ. އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކުގެ ހަރަކާތުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށެވެ.

އެފަދަ މީހުންގެ އަމަލުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް އެ ހައްގު ގެއްލިފައިވާ ކަމަށް ޝަފީގް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. އަދި އެ މީހުންގެ ހައްގު ނަގާލައި، ނުހައްގު މާލީ މަންފާއާ ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށެވެ. މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގޮތުން އިތުރު މައްސަލަތައް ކުރިމަތިވަމުން ދިޔުމާއި، ސިޔާސީ ޕާޓިގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުންދާތީ، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ނުގަވާއިދުން ޕާޓީއަށް މީހުން ވެއްދުމަށް ހުށައަޅާ ކޮންމެ ފޯމެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ނިންމާފައެވެ.  

ހދ،ވައިކަރަދޫރައްޔިތުންގެ މަޖިލިސްއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު