Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ މަޝްރޫއު

ފްލެޓަށް އެދުމުގެ ފޯމް މެއި މަހުގެ 6 ގައި ދޫކުރަނީ

މިނިސްޓަރ ވިދާޅުވީ 12 ކެޓަގަރީއަކުން ފޯމު ދޫކުރާނެ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 21:12
ހިޔާ މަޝްރޫއުގެ ދަށުން 12 ކެޓަގަރީއަކުން ފޯމް ދޫކުރާނެ

ހިޔާ މަޝްރޫއުގެ ދަށުން 12 ކެޓަގަރީއަކުން ފޯމް ދޫކުރާނެ

ހިޔާގެ މަޝްރޫއުގެ 12 ކެޓަގަރީއަށް މެއިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ފޯމު ދޫކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއިން ފްލެޓްތަކަށް ފޯމް ދޫކުރަން މެއި މަހުގެ 6 ވަނަ ދުވަހު ފައްޓަވާނެ ކަމަށެވެ. ފޯމް ދޫކުރުން އޮންނާނީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށް ޚާއްޞަ ކޮށްގެން އެ މާލަން ތައްޔާރުކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު މެއި 6 ގައި އޮންނަ ލައިވް ޕްރެސް ކޮންފަރެންސެއްގައި ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރ މުއިއްޒުގެ ޓްވީޓުގައި ވެއެވެ.

Advertisement - newsAdvertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުންދާ 6000 ހައުސިން ޔުނިޓް ދޭނެ ކެޓަގަރީތަކަކީ:

  • އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1000 ފުލެޓް
  • މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް
  • މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓް
  • ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް
  • ޓީޗަރުންނަށް 625 ފުލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް
  • ފުލުހުންނަށް 300 ފުލެޓް
  • ސިފައިންނަށް 300 ފުލެޓް
  • މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ 256 ފުލެޓް
  • ރައީސް ނަޝީދުގެ ވެރިކަމުގައި ކ. ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް ފުލެޓް ނުލިބުނު މީހުންނާއި ގާކޮށި އަރަބިއްޔާގައި ހުރި ޓާޓާ ފުލެޓްތައް ލިބި، ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މާލީ ތަނަވަސްކަން ނެތް މީހުން ހިމެނޭ ގޮތަށް 300 ފުލެޓް

މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް ދޭންވެސް ވަނީ ނިންމާފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ކުރިން ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅުއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

17 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު