Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާގެ ޚާރިޖީވަޒީރު ރާއްޖެ ވަޑައިގަތުން

ޗައިނާގެ ޚާރިޖީވަޒީރު ރާއްޖެ ވަޑައިގެންފި

ވަންގް ޔީއަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ޖެނުއަރީ 2022 | ހުކުރު 12:56
ޗައިނާގެ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވުން

ޗައިނާގެ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވުން

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ, ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ޝާހިދުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ އެއަރޕޯޓުން މިނިސްޓަރ ވަންގް ޔީ އަށް މަރުހަބާ ވިދާޅުވެފައެވެ.

މިދަތުރުފުޅާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މިއީ އެމަނިކުފާނުގެ ދައުވަތަކަށް ޗައިނާ ފޮރިން މިނިސްޓަރު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅާއެކު ރާއްޖެއާއި ޗައިނާއާ ދެތެރޭގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ 2022 ވަނަ އަހަރަކީ ޗައިނާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ އައު ކަންތައްތަކެއް ލޯންޗު ކުރުމަށް ދެސަރުކާރު ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ދެގައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، އިތުރަށް ގުޅުން ބަދަހިކުރަންވީ ދާއިރާތަކާއި ބެހޭ ގޮތުން ފުޅާދާއިރާގައި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާނެ ކަަމަށާއި، މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށެވެ.

ވަންގް ޔީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ވަންގް ޔީގެ މި ދަތުރުފުޅު ހޮނިހިރު ދުވަހު ނިންމަވާލައްވާނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބާއްވަވާ ރަސްމީ މަޝްވަރަތަކުގައި ބައިވެރިވެވަޑައިގަތުމަށާއި، މަރުހަބާ ވިދާޅުވުމަށް ރާއްޖޭގެ ފޮރިން މިިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ.

އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ވީއައިއޭގައި ގާއިމްކޮށްފައިވާ އައު ވީއައިޕީ ޓަރމިނަލުންނެވެ. ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ އަކީ އައު ވީއައިޕީ ޓަރމިނަލުން ރާއްޖެ އެތެރެވެވަޑައިގަތް ބޭރުގެ ފުރަތަމަ އިއްޒަތްތެރިޔާއެވެ.

ޚާރިޖީ ވުޒާރާފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު