Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކިއުގައި ތިބެން ޖެހޭ މައްސަލަ

އެޕޮއިންޓްމަންޓް ހައްދައިގެން ކިއުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: އައިޖީއެމްއެޗް

7 ޖެނުއަރީ 2022 | ހުކުރު 10:04

އިންސާނީ ވަސީލަތް އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2022 | ހުކުރު 10:04
އައިޖީއެމްއެޗް،

އައިޖީއެމްއެޗް،

ބަލިތަކަށް ޚާއްސަ ކުރެވިފައިވާ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހައްދައި ގިނަ ދުވަހު ކިއުގައި ތިބެންޖެހޭ މައްސަލަ ސަލާމުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި ވަކި އަދަދަށް މީހުން ޚިދުމަތް ދިނުމަށް އަބަދުވެސް ތިބޭނެ ކަމަށާއި، ވަސީލަތްތައް ހުރި މިންވަރަށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަލި މީހުންނަށް ފަރުވާ ދިނުމުގައި ވަގުތު ނަގާނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ އެކިއެކި ފަރުވާއަށް ނަގާނީ އެކި ވަގުތު ކަމަށެވެ. ސަލީމް ވިދާޅުވީ އެމަރޖެންސީގައި މީހަކު އަތުވެއްޖެނަމަ އެމީހަކަށް ވަގުތުން ޑޮކްޓަރުންނާއި ނަރުހުން އެޓެންޑްވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ބަލިވެގެން އަންނަ މީހުން ބަލަމުންދާ ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 500ށް ވުރެ ގިނަ މީހުން ބަލާ ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ލިބުމުގައި ލަސްކަމެއް އުޅޭ ކަމަށާއި، އެމައްސަލަ ވެސް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްފަހަރާ ޑޮކްޓަރުންނާއި ނަރުހުން ޗުއްޓީތަކަށް ފޮނުވުމުގެ ބަދަލުގައި ވަކި ޕްލޭނެއްގެ ދަށުން އެކަން ކުރަމުންދާ ކަމަށެވެ. އަދި އިންސާނީ ވަސީލަތް އިތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށްފަހު ޕްރައިވެޓް އެހެން ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ފަރުވާ ހޯދަމުންދާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ އެޕޮއިންޓްމެންޓް ކެންސަލް ނުކޮށް އެހެން ކަންތައް ކުރުމުން އެހެން މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖެހުމަށް ވަގުތު ނަގާ ކަމަށެވެ. އަދި އެހެންތަނަކުން ފަރުވާ ހޯދާނަމަ އެޕޮއިންޓްމެންޓް ކެންސަލް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ސަލީމް ވިދާޅުވީ ނިޒާމު އިތުރަށް ހަރުދަނާ ކުރެވި، ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރެވޭނެ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ދިގު ކިއުތަކުގައި ތިބޭ މީހުންނަށް ދުރާލައި ޑޮކްޓަރަށް ދެއްކޭނެ ތާރީޚު އެނގޭނެ ކަމަށާއި، ގިނަ ދުވަސްތަކަކަށް މާލެ އައިސް މަޑުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

ސިއްހީ ރިކޯޑުތައް މެނޭޖް ކުރެވޭނެ ސިސްޓަމާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބިލުތައްވެސް ބަލާލެވޭނެ އެވެ. މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް ވެސް އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.

އައިޖީއެމްއެޗް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް