Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމްކުރުން

ހަޔަރ އެޑިޔުކޭޝަނުން ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމްކުރަނީ

މިއީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2022 | ހުކުރު 07:33
ދިއްދޫގައި ގާއިމް ކުރާ ޖޫނިއަރ ކޮލެޖްގެ ކުރެހުން،

ދިއްދޫގައި ގާއިމް ކުރާ ޖޫނިއަރ ކޮލެޖްގެ ކުރެހުން،

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

މި މަޝްރޫއަކީ ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައި ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން، ޖޫނިއަރ ކޮލެޖެއް އިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ މިނިސްޓްރީ އޮފް ފިނޭންސުން ވަނީ އިއުލާން ކޮށްފައެވެ. ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓުގެ ޖާގައިގައެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި އިމާރާތް އެއްކޮށް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.

ދިއްދޫގައި ބިނާކުރާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި ފިޝަރީޒް ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ތަފާތު އެހެނިހެން ދާއިރާތަކުން ވެސް ވޮކޭޝަނަލް ކޯސްތައް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިން ލެބަކާއި، ފުޑް ޓެސްޓިން ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން މި އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ހއ. ދިއްދޫ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2025

ބެނާތައް ނަގާ ތަކުރާރުކޮށް ހުރަސްއެޅުމުން ވެސް ދިއްދޫގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކޮށް އަޑު އުފުލައިފި

28 ޖެނުއަރީ 2025
ބެނާތައް ނަގާ ތަކުރާރުކޮށް ހުރަސްއެޅުމުން ވެސް ދިއްދޫގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކޮށް އަޑު އުފުލައިފި
02 އެޕްރީލު 2024

މި ހަފުތާގައި ވެސް ދިއްދޫ އިންޖީނުގޭގެ ބައެއް މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އަންގައިފި - ދިއްދޫ ދާއިރާގެ މެމްބަރު

02 އެޕްރީލު 2024
މި ހަފުތާގައި ވެސް ދިއްދޫ އިންޖީނުގޭގެ ބައެއް މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އަންގައިފި - ދިއްދޫ ދާއިރާގެ މެމްބަރު
22 ޖުލައި 2021

ދިއްދޫ މޮނިޓަރިންއިން ނަގައިފި

22 ޖުލައި 2021
ދިއްދޫ މޮނިޓަރިންއިން ނަގައިފި
17 ޖުލައި 2021

ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ- އެމްޓީސީސީ

17 ޖުލައި 2021
ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ- އެމްޓީސީސީ
15 މެއި 2021

ދިއްދޫ އާއި ފީއަލީގައި ކާފިއު އިއުލާންކޮށްފި

15 މެއި 2021
ދިއްދޫ އާއި ފީއަލީގައި ކާފިއު އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު