Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު އާއި ދެކޮޅަށް އަޑު އުފުލުހުން

ބެނާތައް ނަގާ ތަކުރާރުކޮށް ހުރަސްއެޅުމުން ވެސް ދިއްދޫގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކޮށް އަޑު އުފުލައިފި

އަންގާރަ ދުވަހު ރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް އާއްމުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 16:47
ދިއްދޫގައި ރައީސް މުއިއްޒު އާއި ދެކޮޅަށް ދަމާފައިވާ ބެނާތައް އަދި މުޒާހަރާގެ ތެރެއިން

ދިއްދޫގައި ރައީސް މުއިއްޒު އާއި ދެކޮޅަށް ދަމާފައިވާ ބެނާތައް އަދި މުޒާހަރާގެ ތެރެއިން

ހއ. ދިއްދޫ އަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޑައިގަތުމުން އާއްމުން ނުކުމެ ރައީސާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފިއެވެ.

އަންގާރަ ދުވަހު ރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް އާއްމުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފައެވެ. ފުލުހުން ވަނީ އެ މުޒާހަރާ އަށް ހުރަސް އަޅާ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ.

އެ މުޒާހަރާގައި ބައިވެރިވި ދިއްދޫގެ އެމްޑީޕީގެ ހިންގާ ކޮމިޓީގަ ހިމެނިވަޑައިގަންނަވާ މަހްމޫދު ޝަފީގް (މަންޑޭ) ވިދާޅުވީ ފުލުހުން މުޒާހަރާގެ ބައިވެރިން ރައީސާއި ވީހާވެސް ދުރަށް ޖެއްސުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ދިއްދޫ އަށް ރައީސް އަންގާރަ ދުވަހު އިރާކޮޅު ވަޑައިގަތުމުން އާއްމުން ވަނީ ރައީސް މުއިއްޒު އާއި މެދު ނުރުހުން ފާޅުކޮށް އެ މަނިކުފާނުގެ އިސްތިއުފާ އަށް ގޮވާފައެވެ.

މަންޑޭ ވިދާޅުވި ގޮތުގައި މުޒާހަރާ ކުރި އިރު ޕިކަޕެއްގައި އަޑުގަދަކުރާ ހަރުކޮށްގެން އާއްމުން އައީ އަޑު އުފުލަމުންނެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ އަޑު ކަނޑާލާ، އަޑުގަދަ ކުރާ ނަމަ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އެ ހިސާބުން މުޒާހަރާގެ ބައިވެރިން ވަނީ ޕިކަޕް ދޫކޮށްލުމަށް ފަހު ބެނާ އާއި އެކު ރައީސް ހުންނެވި ހިސާބާއި ވީ އެންމެ ކައިރިއަކަށް ގޮސް އަޑު އުފުލާފައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ ދިއްދޫގައި ޕީއެންސީގެ އެއްވުން ބާއްވާ ސަރަހެއްދެއްގައި އާއްމު މީހެއްގެ ގޭގައި ބަހައްޓާފައި ހުރި އަޑުގަދަކުރާ ވެސް ނަގަން ފުލުހުން އެންގި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ އަޑުގަދަކުރާ އަކީ ރައީސް މުއިއްޒު ވަޑައިގެންނެވުމުގެ ކުރީއްސުރެ ހަރުކޮށްފައި ހުރި ސައުންޑަކަށް ވީ ނަމަވެސް އެ އަޑުގަދަކުރާ އެއްވެސް ވަރަކަށް ޖަލްސާ ކުރިއަށް ދާއިރު ބޭނުން ނުކުރުމަށާއި، ބޭނުން ކުރާ ނަމަ ފުލުހުން އެ ގެއަށް ވަދެ ވެސް އެކަން ހުއްޓުވާނެ ކަމަށް އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޭ ފަތިހު ފުލުހުން ވަނީ ޝުއޫރު ފާޅު ކުރަން އެ ރަށުގެ މަގުމަތީގައި ދަމާފައިވާ ބެނަރ ތަކުގެ ތެރެއިން 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ކޮށްފައި ވަނީ ފަތިހުގެ ވަގުތުގައި ކަމަށާއި ފަހުން ރަށުތެރޭ ހުރި ހުރިހާ ބެނާއެއް ކައުންސިލް މުވައްޒަފުންނަށް އަންގައިގެން ދިއްދޫ ކައުންސިލުން ވަނީ ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން އެ ބެނާތައް ނަގާފައި ވަނީ 'ބަހުލޫލު' އެއީ "އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ އެއްޗެއް" ކަމަށް ބުނެކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާތީ އެރަށުގައި މުއިއްޒު އާ ދެކޮޅަށް ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރުން ހުއްޓުވުމަށް ވަނީ ތަކުރާރުކޮށް މަސައްކަތްކޮށްފައެވެ. ފުލުހުންނާއި ކައުންސިލް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތަކަށް އެ ރަށުގައި ދަނީ ހުރަސް އަޅަމުންނެވެ.

އެގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު އާދިއްތަ ދުވަހުގެ ރޭ ފުލުހަށް ވަނީ ހާޒިރުކޮށްފިއެވެ. އަދި ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރު ކޮށް މައުލޫމާތު ސާފު ކޮށްފައިވާއިރު، ރައީސް މުއިއްޒު ދިއްދޫ އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ދިއްދޫ ކައުންސިލުން އެމްޑީޕީ އަށް ވަނީ އަންގައިފައެވެ.

ޖެނުއަރީ މަހުގެ 28 ވާ އަންގާރަ ދުވަހުން 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި ހއ. ގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. ދިއްދޫޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު