Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19ގެ އައު ރާޅަކަށް ތައްޔާރުވުން

ނުރައްކާތެރި ހާލަތަކަށް މިދަނީ ތައްޔާރުވަމުން، ނައިޓް މާކެޓްތަކާއި އެއްވުންތައް ބާއްވާތީ ކަންބޮޑުވޭ: އައިޖީއެމްއެޗް

މިވަގުތު މާލެ ސިޓީގައި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތުން ކަންބޮޑުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2022 | ބުރާސްފަތި 06:04
އާރްއާރްޓީ ޓީމު ހަރަކާތްތެރިވަނީ، މިޓީމުގައި ވެސް ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން ހިމެނޭ

އާރްއާރްޓީ ޓީމު ހަރަކާތްތެރިވަނީ، މިޓީމުގައި ވެސް ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން ހިމެނޭ

އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވެފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ ކޮވިޑް-19ގެ އިތުރު ސަރޖެއް އަތުވެދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުންދާތީ އެކަމަށް ތައްޔާރުވަމުންދާ ކަމަށާއި، މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު މާލެ ސިޓީގައި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތުން ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ނުރައްކާތެރި ރަނގަބީލާއެކު ވެސް މާލެއާއި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މާކެޓްތަކަށް ގިނަ ބަޔަކު އެއްވާ ކަމަށާއި، އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެސަރަހައްދު މޮނިޓަރ ނުކުރާ ކަމަށާއި، އުސޫލާއި ގައިޑްލައިންއަށް އަމަލުނުކުރާ ކަމަށެވެ. އަދި މިއީ ސިއްހީ ޚިދުމަތްތެރިން ވެސް ކަންބޮޑުވުންފާޅުކުރާ ކަމެއްގެ ކަމަށާއި، އެއްވުންތައް ބޭއްވުންފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިފަދަ ހާލަތެއްގައި މާކެޓްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ބަދަލުގައި މިކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ބެޑް ކެޕޭސިޓީ ހުރިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ފެސިލިޓީތަކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތާކާއި، ސިއްހީ ޚިދުމަތްތެރިން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިވަގުތު 500 އެއްހާއި ނަރުހުން ޗުއްޓީގައި ތިބި ނަމަވެސް އެކަށީގެންވާ ވަރަށް ނަރުހުންނާއި ޑޮކްޓަރުން މިވަގުތު ވެސް މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ހާލަތަށް އައިޖީއެމްއެޗުން ތައްޔާރުވަމުންދާއިރު، ސިއްހީ މާހިރުންނާއި ހަވާލާ ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ކުރިއަށް މިއޮތް ތިން ހަފްތާއަކީ، އަނެއްކާވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެންދިޔުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށެވެ.

ޖެނުއަރީ 4 ވީ އަންގާރަ ދުވަހު ނ. ލަންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ އައު ވޭރިއަންޓެއް މިހާރު ދުނިޔޭގައި ފެތުރެމުން އަންނައިރު ރާއްޖެއިންވެސް އެ ވޭރިއަންޓް ފެނިފައިވާކަމަށެވެ. ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރެމުންދާކަމަށާއި އަނެއްކާވެސް އިންޒާރެއް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ ވީވަރަކުން އެކިއެކި ވިޔަފާރިތައް ބަންދުނުކޮށް، އާންމު ހާލަތަކާއިގެން މިކަމުގައި ކުރިއަށް ދެވޭތޯކަމުގައެވެ. މިކަން ކުރިއަށް ގެންދެވޭނީ، ކުރިއެކޭވެސް އެއްގޮތަށް ސިއްހީ މާހިރުން ދެއްވާ ލަފަޔާ އެކީގައި އެގޮތަށް އަމަލުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް މިއޮތް ދެތިން ހަފުތާގައި އަނެއްކާވެސް ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ، ހުރިހާ ރައްޔިތުން އެކުގައި މިކަމާއިގެން ކުރިއަށް ދިޔުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19އައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު