Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ނ އަތޮޅު ދަތުރުފުޅު

ރައީސް ނ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު މާލެ ވަޑައިގެންފި

5 ޖެނުއަރީ 2022 | ބުދަ 15:10

ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ރައީސް ބައްލަވާލެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 ޖެނުއަރީ 2022 | ބުދަ 15:10
ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާކެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނ އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތް ކުރައްވައި, އެ ރަށްރަށުގެ ކައުންސިލް ތަކާއި, އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކާއި އަދި ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ. އަދި ނ އަތޮޅުގެ އަތޮޅު ކައުންސިލްގެ މެމްބަރުންނާވެސް ރައީސް ބައްދަލު ކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވީ, ނ.މާފަރު, ނ.ލަންދޫ, ނ.މަނަދޫ, ނ.މަގޫދޫ އަދި ނ.ހޮޅުދޫއަށެވެ. 

Advertisement - newsAdvertisement

ދަތުރުުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި, މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒުން ލިބެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް, ޚިދުމަތް ދެމުން އަންނަ ގަޑި އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ. 

ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ނ.ލަންދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވިއެވެ. އެ ބަނދަރަކީ ކުރިން 300 ފޫޓުގެ ބަނދަރެކެވެ. އެހެންނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން ބަނދަރު ވަނީ 700 ފޫޓަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ލަންދޫގައި ސަރުކާރުން އިމާރާތްކުރި 500 މީހުންގެ ޖާގައިގެ މިސްކިތްވެސް ރައީސްވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ. ލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަައި ރައީސް ވިދާޅުވީ, ކުރިއަށް އޮތް 3 ހަފުތާއަކީ ކޮވިޑްގެ ވަރަށް ނުރައްކާތެރި ދުވަސްތަކެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މެނުވީ، ރާއްޖޭގެ ވިޔަފާރިތައް ބަންދު ނުކޮށް އިގުތިސާދު ކޮޅަށް ޖެހުމުގައި ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް، ހުރިހާ ފަރާތެއްގެ އެހީތެރިކަން ހޯއްދަވައިގެންވެސް އެކަން ކުރައްވާނެ ކަމަށެވެ. 

ދަތުރުފުޅުގެ ތިންވަނަ މަންޒިލެއްގެ ގޮތުގައި މަނަދޫއަށް ވަޑައިގެން މަނަދޫގައި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލާ ބައްދަލު ކުރެއްވިއެވެ. އަތޮޅު ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ކަރުދާހެއް ހުށަހަޅާފައެވެ. އެ ކަރުދާހުގައި، ބޯހިޔާވަހިކަމުގެ މައްސަލައާއި މަނަދޫ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުުމަށް ރާވާފައިވާ ކަންކަން ވަނީ ހިމަނާފައެވެ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި, މަނަދޫގެ ލަފާފުރުމަށް މިހާރު ދިމާވަމުން އަންނަ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

ހަތަރުވަނަ މަންޒިލެއްގެ ގޮތުން މަގޫދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ރައީސް ހުޅުއްވައިދެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދޭ ކަރަންޓުގެ މިންވަރު ދެގުނައަށް އިތުރުކޮށްދެއްވާފައިވާ ކަަމަށެވެ. މަގޫދޫގެ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޚިދުމަތްތައް ރައީސް ބައްލަވާލެއްވިއެވެ.

ފަސްވަނަ ރަށަކަށް ވަޑައިގެންނެވީ ހޮޅުދޫ އަށެވެ. ރައީސް ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލް އެއް ކެމްޕަހަކަށް ބަދަލުކޮށް، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށެވެ. ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައި ދެއްވުމަށް ހޮޅުދޫ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށްދާ، ހޮޅުދޫ ހެލްތު ސެންޓަރަށް އިތުރުކުރާ އިމާރާތުގެ މަސައްކަތްވެސް ރައީސް ބައްލަވާލެއްވިއެވެ.

ރަށުގައި ޒުވާނުންނަަށް އެކި ކުޅިވަރުތައް ކުޅެވޭނެހެން ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ހޮޅުދޫގައި ތަރައްގީކުރި ފުޓުބޯޅަދަނޑުވެސް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ދަނޑުގައި ކުރިއަށްދިޔަ އެކުވެރިކަމުގެ މެޗެއް އެމަނިކުފާނު ބައްލަވާލެއްވެވިއެވެ.

ރައީސް ނ އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ދެދުވަހުގެ ދަތުރުފުޅެކެވެ. އަރިހުގައި ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް