ދޯންޏެއްގެ ބައިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
5 ޖެނުއަރީ 2022 | ބުދަ 08:39ދޯންޏެއްގެ ބައިތަކެއް އޮޔާދަނީ އޮމަދޫގެ އިރުން 8 މޭލު ބޭރުން ހުޅަނގު ދެކުނަށް

އުއްމު ކުލްސޫމް އިބްރާހިމް | 5 ޖެނުއަރީ 2022 | ބުދަ 08:39

އޮޔާދާ ދޯނީގެ ބައެއް
ދޯންޏެއްގެ ބައިތަކެއް އޮޔާދާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ އދ. އޮމަދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުން ހުޅަނގު ދެކުނަށް ދޯންޏެއްގެ ބައެއް އޮޔާދާތީ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލްކަން ދިނުމަށް އެދޭކަމުގައެވެ. އަދި ޚާއްސަ ގޮތެއްގައި ރޭގަނޑު އެސަރަހައްދުން ދަތުރުކުރާއިރު، އުޅަނދުތަކުން ސަމާލު ވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ކެނޑި ނޭޅި ދަނީ ނަސޭހަތްތެރިވަމުންނެވެ.











