Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު2021 ވަނަ އަހަރުގެ ޓުއަރިސްޓު އެރައިވަލް

2021 ވަނަ އަހަރު ރާއްޖެ އައީ 1.32 މިލިއަން ފަތުރުވެރިން

3 ޖެނުއަރީ 2022 | ހޯމަ 07:38

މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 3،622 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޖެނުއަރީ 2022 | ހޯމަ 07:38
2022 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ

2022 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ

ފާއިތުވި 2021 ވަނަ އަހަރު ރާއްޖެ އައީ ޖުމްލަ 1،321،932 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާއި، މަހެއްގެ މައްޗަށް އައި ފަތުރުވެރިންނާއި ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންނާއި، ވަކި ވަކި މާކެޓްތަކުން އައި ފަތުރުވެރިންގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން އައިސްފައިވާއިރު، މާޗް މަހު 109،585 ފަތުރުވެރިން، އޭޕްރިލް މަހު 91،200 ފަތުރުވެރިން، މެއި މަހު 64،613 ފަތުރުވެރިން، ޖޫން މަހު 56،166 ފަތުރުވެރިން، ޖުލައި މަހު 101،818 ފަތުރުވެރިން، އޮގަސްޓު މަހު 143،599 ފަތުރުވެރިން، ސެޕްޓެމްބަރ މަހު 114،896 ފަތުރުވެރިން، އޮކްޓޯބަރު މަހު 142،066 ފަތުރިވެރިން، ނޮވެމްބަރު މަހު 144،725 ފަތުރުވެރިން އަދި ޑިސެމްބަރު މަހު 164،279 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޖުމްލަ 1،321،932 އަށް އަރާއިރު، މިއީ ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 22.4 އިންސައްތަ ދަށް އަދަދެކެވެ. 2019 ވަނަ އަހަރު 1،702،887 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

2021 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 3،622 ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 8 ރޭ ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރު ނިމުނުއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި އޮތީ އިންޑިއާ މާކެޓެވެ. އެގޮތުން މިދިޔަ އަހަރު އައި ފަތުރުވެރިންގެ 22.1 އިންސައްތަ ހިއްސާކުރަނީ އިންޑިއާ މާކެޓުންނެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު ރަޝިއާއިން އައި ފަތުރުވެރިން ވަނީ 16.8 އިންސައްތަ ހިއްސާކޮށްފައެވެ. ލިސްޓުގެ ތިންވަނައިގައި ޖަރުމަނު އޮތްއިރު ޖަރުމަނު ފަތުރުވެރިން ވަނީ 7.2 އިންސައްތަ ހިއްސާކޮށްފައެވެ. މި ތިން ގައުމުގެ އިތުރުން ޓޮޕް މާކެޓްތަކުގެ ތެރޭގައި ހިމެނެނީ ޔޫކޭ، ޔޫއެސް، ސައުދި އަރަބިއާ. ސްޕެއިން، ޔޫކްރެއިން، ފްރާންސް އަދި އިޓަލީއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 929 ފެސިލިޓީއެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 161 ރިސޯޓާއި، 613 ގެސްޓްހައުސް، 145 ސަފާރީ އަދި 10 ހޮޓެލްއެވެ. މި 929 ފެސިލިޓީގައި ޖުމްލަ 53،160 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން 1 މިލިއަން ފަތުރުވެރިން ގެނައުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަހަރު ނިމެން 2 މަސް ބާކީ އޮއްވައި ވަނީ މި އަމާޒަށް ވާސިލްވެފައެވެ. އެއަށްފަހު އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފީއެވެ. މި އަމާޒަށްވެސް އަހަރު ނިމުމުގެ ކުރިން ވާސިލްވެފައިވެއެވެ. އެހެންކަމުން 2022 ވަނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް