Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީގެ މަރުގެ މައްސަލަ

ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

2 ޖެނުއަރީ 2022 | އާދީއްތަ 08:33

ލަމްހާ ހައްޔަރުކުރިފަހުން ބަންދުގެ މުއްދަތު އިތުރުކުރި މިއީ ދެވަނަ ފަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ޖެނުއަރީ 2022 | އާދީއްތަ 08:33
ަހަލީމަތު ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން

ަހަލީމަތު ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި ދިވެހި އަންހެން ކުއްޖާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ، ހަލީމަތު ލަމްހާއަކީ މޭރީގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮންނަ މީހެކެވެ. މޭރީގެ މަރުގެ މައްސަލައިގައި މާވިންވެސް ވަނީ ހައްޔަރުކޮށްފައެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެއަށްފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި މިއީ ދެވަނަ ފަހަރެވެ.

Advertisement - newsAdvertisement

ލަމްހާގެ ބަންދަށް އެންމެ ފުރަތަމަ މުއްދަތު ޖަހާފައިވަނީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. އެ ދުވަހު ލަމްހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. މި މުއްދަތު ހަމަވުމުން އަނެއްކާވެސް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާ މާވިން އެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ނަރުހެކެވެ. މޭރީގެ މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ 27 އޮކްޓޯބަރު ވީ ބުދަ ދުވަހުއެވެ.

މޭރީގެ މަރުގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުން އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. އެ މައްސަލައާމެދު މި ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އޭނާ މަަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓްމޯޓަމަށް ފަހު އޭނާގެ ހަށިގަނޑު އަނބުރާ ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު 10 ވަނަ ދުވަހު އާއިލާއާ ހަވާލުކުރުމަށް ފިލިޕީންސަށް އޭނާގެ ހަށިގަނޑު ވަނީ ފޮނުވާފައެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭގޮތުގައި މޭރީ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ލިބުނު ޒަޚަމްތަކެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް