Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ކްރިކެޓް ޕްރިމިއާ ލީގު

ވިޔަންސާ އާއި މިލާން ކްރިކެޓް އެކެޑަމީއަށް މޮޅެއް

އައިޒީއާ ބައްދަލުކޮށް ވިޔެންޒާއިން ކާމިޔާބުކުރީ 8 ވިކެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 1 ޖެނުއަރީ 2022 | ހޮނިހިރު 15:16
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ތެރެއިން

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ތެރެއިން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ވިޔަންޒާ އާއި މިލާން ކްރިކެޓް އެކަޑަމީން ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ހެނދުނު ކުޅުނު މެޗުގައި އައިޒީއާ ބައްދަލުކޮށް ވިޔަންޒާއިން ކާމިޔާބުކުރީ 8 ވެކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އައިޒީ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 141 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ލަނޑު ހެދި އަޙްމަދު އައްފާލް އާއި 25 ލަނޑު ހެދި އަލީ އިބްރާހީމްއެވެ.

ޖަވާބުގައި ވިޔަންޒާ ކުޅެންއަރާ 12 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުވައިވެގެން 144 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ލަނޑު ހެދި ކަމުރުލް އިސްލާމީ އާއި 36 ލަނޑު ހެދި ސައިދުލްއެވެ.

ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗު ނިއު ސްޓާއާ ވާދަކޮށް މިލާން ކްރިކެޓް އެކަޑަމީން ކާމިޔާބުކުރީ 45 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ނިއު ސްޓާއިން ގަސްތުކުރީ ހޮވުމަށެވެ. މިލާން ކްރިކެޓް އެކަޑަމީން 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން 221 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 131 ލަނޑު ހެދި ވިރަންދީޕް އާއި ހަތް ބޯޅައިން 27 ލަނޑު ހެދި އަނީސް އެވެ.

ޖަވާބުގައި ނިއު ސްޓާ ކުޅެންއަރާ 7.5 ވަނަ އޯވަރުގައި ވިއްސާރަވެގެން ކުޅުން ހުއްޓާލިއިރު 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 42 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ލަނޑު ހެދި އިސުރު އާއި 14 ލަނޑު ހެދި ސަފީގުއެވެ.

މި މުބާރާތުގެ ކުޅުން ދެން ކުރިޔަށްދާނީ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް އާއި މާލޭ ވެޓަރަންސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮމެޓްސް އާއި އޮފްއެފްސީ އެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު