Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯގެ ތަފާސްހިސާބުތައް

މިފްކޯގެ ތާރީޚުގައިވެސް އެންމެ ގިނަ މަސް ކިރާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހު

1 ޖެނުއަރީ 2022 | ހޮނިހިރު 11:43

މިހާރު ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖެނުއަރީ 2022 | ހޮނިހިރު 11:43
މިފްކޯގެ މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ފައުޒީ- ފައުޒީ ވަނީ މި ދާއިރާގައި ހުރި މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައި

މިފްކޯގެ މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ފައުޒީ- ފައުޒީ ވަނީ މި ދާއިރާގައި ހުރި މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައި

މިފްކޯގެ ތާރީޚުގައިވެސް އެންމެ ގިނަ މަސް ކިރާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުކަމަށް މިފްކޯއިން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، ޑިސެމްބަރު މަހަކީ ތާރީޚުގައިވެސް މަހެއްގެ މައްޗަށް އެންމެ ގިނައިން މަސް ކިރާފައިވާ މަހުގެ ގޮތުގައި ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހު އެކަނިވެސް 10،948 ޓަނުގެ މަސް ކިރާފައިވާއިރު، އޭގެ ޖުމުލަ އަގު 170،870،761ށް އަރައެވެ.

Advertisement - newsAdvertisement

ފައުޒީ ވިދާޅުވީ، އެއީ މުވައްޒަފުންގެވެސް ބުރަ މަސައްކަތް ކަމަށެވެ. އަދި މިހާރު ވަސީލަތްތައް ހުރި ގޮތުން މަސްވެރިންނާއެކު މަޝްވަރާކޮށް، މިހާރު ހުރި މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފައުޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން މުޅި އަހަރަށް ބަލާއިރު 58،350 ޓަނުގެ މަސް ކިރާފައިވާއިރު، ޖުމުލަ އަގު 901،786،841ށް އަރާކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް އަހަރަކުން އަހަރަކަށް މިފްކޯއިން މަސް ކިރާވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ، ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ އެކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކާވެސް ވަނީ ދިމާވެފައެވެ. އެ ކުންފުނީގެ މަސް ގަތުމުގެ ކެޕޭސިޓީ އަށް ގެނެސްފައިވާ ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް ގަންނަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ސަރުކާރުން ވަރަށްބޮޑު ހޭދައެއް ކޮށްގެން މިިފްކޯގެ ވަރަށް ގިނަ ވަސީލަތްތަކެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން ދާއިރު ވަރަށް ގިނަ ކަންކަން މިހާރުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިފްކޯމަސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް