Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުން

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މަސައްކުރުމަށް އެދޭ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

މަލީހާ ރަޝީދު
މަލީހާ ރަޝީދު | 1 ޖެނުއަރީ 2022 | ހޮނިހިރު 07:06
ށ.ފޯކައިދޫ

ށ.ފޯކައިދޫ

ށ.ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފޯކައިދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

ފޯކައިދޫ ކައުންސިލުން ކޮށްފައިވާ ޢިޢުލާނުގައި ވަނީ މި މަސައްކަތަށް އެދި ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މި ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުން ނަން-ރިފަންޑަބަލް ފީއެއްގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދައްކަން ޖެހޭކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ. ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން 9 ޖަނަވަރީ 2022 ވަނަ ދުވަހުގެ ނިޔަލަށް ނަންނޯޓު ކުރުުމުގެ ކަންކަން ފުރިހަމަ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ނަންނޯޓް ކޮށްފައިވާ ފަރާތްތަކުން ޖެނުއަރީ 10 ވާ ހޯމަދުވަހުގެ ހެންދުނު 10:30ށް ފޯކައިދޫ ކައުންސިލް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30ށް އެ އިދާރާ އަށް އަންދާސީ ހިސާބު ހުށަޙެޅުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ށ ފޯކައިދޫ

އިތުރަށް ކިޔާލަން

06 މެއި 2022

ފޯކައިދޫން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

06 މެއި 2022
ފޯކައިދޫން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި
22 ޖެނުއަރީ 2022

އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގަން ފެށުނީ އާންމު ހާލަތު ރަނގަޅު ކުރުމަށް - ރައީސް ނަޝީދު

22 ޖެނުއަރީ 2022
އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގަން ފެށުނީ އާންމު ހާލަތު ރަނގަޅު ކުރުމަށް - ރައީސް ނަޝީދު
22 ޖެނުއަރީ 2022

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

22 ޖެނުއަރީ 2022
މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
22 ޖެނުއަރީ 2022

ރައީސް ޔާމީންގެ ފަސް އަހަރުގައި ފޯކައިދޫގައި އެއްވެސް މަސައްކަތެއް ކުރިއަކަށްނުދޭ - ކައުންސިލްގެ ރައީސް

22 ޖެނުއަރީ 2022
ރައީސް ޔާމީންގެ ފަސް އަހަރުގައި ފޯކައިދޫގައި އެއްވެސް މަސައްކަތެއް ކުރިއަކަށްނުދޭ - ކައުންސިލްގެ ރައީސް
21 ޖެނުއަރީ 2022

ފޯކައިދޫއިން ބަންޑާރަ ގޯތި ދޫކުރަނީ

21 ޖެނުއަރީ 2022
ފޯކައިދޫއިން ބަންޑާރަ ގޯތި ދޫކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު