Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން

އައު އަހަރުގެ އަމާޒަކީ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުން: ޝާހިދު

މި ކަމަށްޓަކައި ގައުމުތަކުގެ އެއްބާރުލުން ލިބެމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2021 | ހުކުރު 12:45
އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އައު އަހަރުގެ އަމާޒަކީ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައު އަހަރަކާ ކުރިމަތިލާއިރު ކުރާ ހަމައެކަނި އުންމީދަކީ ކޮވިޑް-19ގެ ވަބާއިން ސަލާމަތްވުމުގެ އުންމީދު ކަމަށެވެ. އަދި ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝާހިދު ވިދާޅުވީ މި ކެމްޕެއިންގައި ދުނިޔޭގެ ގައުމުތަކުން ބައިވެރިވަމުންދާކަމަށެވެ. އެއީ އދ. އަށް ގައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުންނާއި އަދި ސިވިލް ސޮސައިޓީ އާއި ވަކިވަކި އަމިއްލަ ފަރުދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އައު އަހަރުގެ ރިޒޮލިއުޝަންއަކަށް މިއަހަރު މިއޮތީ ވެކްސިންގެ ހަމަހަމަކަން ދުނިޔެއަށް ގެނައުމަށް ގޮވާލުން ކަމަށާއި، ދުނިޔޭގެ ހުރިހާ އެންމެނަށް ވެކްސިން ލިބިގެން ނޫނީ މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް ސިއްހީ މާހިރުން ނުދެކޭ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަށް ޚާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައިކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ އެކަންކަމަށް އެޑްރެސްކޮށް ހައްލު ހޯދަން މަސައްކަތްކުރުމަށް ފެށި ކެމްޕޭނެއް ކަމަށް ވިދާޅުވިއެވެ.

ވެކްސިންގެ ހަމަހަމަ ކަމާއެކު ޖެނުއަރީ މަހުގެ ތެރޭގައި ޚާއްސަ ބައްދަލުވުމެއް އދ. ގައި ބޭއްވުމަށް ކަނޑައަޅާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބާރަށް ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން މި ބައްދަލުވުން ފަސްކުރެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މި ދަތިތައް ހުރިނަމަވެސް ވަރަށް އަވަހަށް އެ ޖަލްސާ ބާއްވާނެކަމަށާއި، މީގެ ބޭނުމަކީ ވެކްސިންގެ ހަމަހަމަކަމަށް ގޮވާލައި ގައުމުތަކުގެ ބައިވެރިވުން ހޯދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހަނގުރާމަކުރައްވަމުންނެވެ. ޑިސެމްބަރު 23 ވަނަ ދުވަހު އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށާއި މިވަގުތު އަސަރު ފެންނަން ހުރީ ކުޑަކޮށް ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވާފައިވާ ކަމަށާއި ބޫސްޓަރ ޑޯޒް ވެސް ޖެއްސެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު