Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 21:00 އިން ފެށިގެން، 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 ޑިސެމްބަރު 2021 | ހުކުރު 02:05
ލޯކަލް ކައުންސިލް އިންތިހާބު 2020ގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިހާބު 2020ގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަން(އީސީ)ން ހުޅުވާލައިފިއެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 21:00 އިން ފެށިގެން، 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

Advertisement - newsAdvertisement

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުން:

- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

- ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުން.

- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.

- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

އީސީން ބުނީ ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރެވޭނީ، ކޮންމެ ކެންޑިޑޭޓަކަށް ވެސް އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް ނުވަތަ ފޮއްޓަކަށް އެއް މަންދޫބު ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމް އިން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުޙީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ޢަބްދުލް ޙަންނާން އިދުރީސްއެވެ. 

ކޮމަންޑޫ ދާއިރާ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

09 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި
06 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

06 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.
06 ފެބުރުއަރީ 2022

ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް

06 ފެބުރުއަރީ 2022
ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް
05 ފެބުރުއަރީ 2022

މި އިންތިޚާބުން ދައްކުވައިދެނީ ރައީސް ޞާލިޙްގެ އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފިކަން: މެންބަރު ހުސައިން

05 ފެބުރުއަރީ 2022
މި އިންތިޚާބުން ދައްކުވައިދެނީ ރައީސް ޞާލިޙްގެ އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފިކަން: މެންބަރު ހުސައިން
05 ފެބުރުއަރީ 2022

ކާމިޔާބީއާއެކު ހަނދާނަން އަންނަނީ މަރުހޫމް ހުސެއިންއަށް އޮތް ލޯބި: ޝާހިދު

05 ފެބުރުއަރީ 2022
ކާމިޔާބީއާއެކު ހަނދާނަން އަންނަނީ މަރުހޫމް ހުސެއިންއަށް އޮތް ލޯބި: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު