Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޖީނު ގެތައް ދުރަށް ގެންދިއުން

މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެތައް ގެންދިޔުމުގެ ވައުދުގެ 99 އިންސައްތަ ފެނަކައިން ހާސިލުކޮށްފި

މ. ރަތްމަންދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާއާއެކު އެވައުދުގެ 99 އިންސައްތަ މިވަނީ ފުރިހަމަވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2021 | ހުކުރު 02:12
މ.ރަތްމަންދޫ އިންޖީނުގެ ބިންގާ އެޅުން

މ.ރަތްމަންދޫ އިންޖީނުގެ ބިންގާ އެޅުން

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވެ ވަޑައިގެންނެވި ވައުދުގެ 99 އިންސައްތަ ހާސިލުކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދަކަށްވާއިރު އެވައުދު ފުއްދުމަށްޓަކައި އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަަޙައްދާ ދުރަށް ގެންދިޔުމުގެ މަސައްކަތް ފެނަކައިން އައީ ފާއިތުވި ދެ އަހަރު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން މ. ރަތްމަންދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާއާއެކު އެވައުދުގެ 99 އިންސައްތަ މިވަނީ ފުރިހަމަވެފައިކަމަށް ފެނަކައިން ބުނެއެވެ. މ. ރަތްމަންދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަޙުމަދު ސައީދު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަދި ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާއިލް ނާހިދުއެވެ.

Advertisement - newsAdvertisement

ފެނަކައިން މަސައްކަތްކުރަމުންދިޔައީ މި އަހަރު ތެރޭގައި 50 އިންޖީނުގެ ބަދަލުކޮށް ނިންމުމަށެވެ. މިހާރު އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްނުދަނީ ތިން ރަށެއްގައި ކަމަށް ފެނަކައިން ބުނެއެވެ. 2020 ވަނަ އަހަރު ވަނީ 28 އިންޖީނުގެއެއް ފެނަކައިން ބަދަލުކޮށްފައެވެ.

ކަރަންޓު ދިނުމުގެ މަސައްކަތުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތަކުގައި ވެސް ފެނަކައިގެ ހިއްސާބޮޑެވެ. އެގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ފެނަކަ ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު