Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދިވެހިރާއްޖޭގެއަޑުގެ ހަގީގީ 52 އަހަރު!

30 ޑިސެމްބަރު 2021 | ބުރާސްފަތި 18:16

އަސްލު އަހަރީ ދުވަހަކީ 16 ފެބުރުއަރީ

| 30 ޑިސެމްބަރު 2021 | ބުރާސްފަތި 18:16
ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ތައާރަފުވުން ފާހަގަކުރުން

ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ތައާރަފުވުން ފާހަގަކުރުން

ދިވެހިރާާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ފެށުނީ މީގެ 59 އަހަރު ކުރިން، 29 ޑިސެންބަރު 1962ގައި ސަރުކާރުގެ ވެރިން އަމިއްލަ ހައިސިއްޔަތުން ފެއްޓެވި ކަމެއްގެ ގޮތުގައެވެ.

އެއަށްފަހު ސިނަމާ ކުންފުނިން 12 މާރިޗު 1964ގައި ސިނެކޯ ރޭޑިއޯ ހިންގަން ފެށިއެވެ. މިތަންތަން ހުއްޓުނެވެ. ސަރުކާރުގެ ފަރާތުން ރޭޑިއޯގެ ޚިދުމަތް ފެއްޓެވީ 11 ސެޕްޓެންބަރު 1966ގައި، ވުޒާރަތުލްމާލިއްޔާ ބ. ކަމުގައިވި މޯލްޑިވް އައިލެންޑްސް ބްރޯޑްކާސްޓިން ސަރވިސްގެ ނަމުގައެވެ. މިހާތަނަށް މެދުނުކެނޑި ހިނގަމުންދާ ރާއްޖޭގެ ރޭޑިއޯ ސްޓޭޝަން ކަމުގައިވާ ރޭޑިއޯ މޯލްޑިވްސް އުފެދުނީ 16 ފެބުރުއަރީ 1969ގައެވެ.

ރޭޑިއޯ މޯލްޑިވްސްގެ ނަން ދިވެހިރާއްޖޭގެ އަޑު މިނަމަށް ބަދަލުވީ 19 ޖަނަވަރީ 1980ގައެވެ. ވީމާ ދިވެހިރާއްޖޭގެ އަޑުގެ ނަމަށް މިއަހަރު މިވީ 41 އަހަރެވެ. ރޭޑިއޯ މޯލްޑިވްސް 1969 އިން ފެށިގެން ހަގީގީ 52 އަހަރެވެ. 1970، 1980، 1990ގެ އަހަރުތައް ހިމެނިފައި ވަނީ، ރާއްޖޭގައި ރޭޑިއޯގެ ރަންޒަމާނުގެ ގޮތުގައެވެ. މުޅި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ވަގުތުން ވަގުތަށް ޚިދުމަތް ލިބެންފެށި ހަމައެކަނި މީޑިއާއަކީ އަދި މުއާސަލާތުގެ ވަސީލަތަކީ ދިވެހިރާއްޖޭގެ އަޑެވެ. މިއީ ދިވެހިރާއްޖޭގެ އަޑަށް ލިބިފައިވާ އެންމެ ބޮޑު ތާރީޚީ ޝަރަފާއި ފަޚުރެވެ.

ރާއްޖޭގެ އާންމު ހޭލުންތެރިކަމާއި ރައްޔިތުންގެ ފައިދާއާއި ކުރިއެރުމަށް އެންމެ ގިނަގުނަ ޚިދުމަތްތަކެއް ގައުމީ ގޮތުން، އަދާކޮށްފައިވާ މީޑިއަކީ ދިވެހިރާއްޖޭގެ އަޑެވެ. ރާއްޖެއާ ދުނިޔޭގެ ޚަބަރާއި މައުލޫމާތާއި، ދީނީ، ގައުމީ، ތައުލީމީ، ސިއްހީ، އިޖުތިމާއީ، ބަހަވީ، އަދަބީ، ސަގާފީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުތަކުން ދިވެހިރާއްޖޭގެ އަޑުން ކޮށްފައިވާ ގައުމީ ޚިދުމަތްތަކާއި އަދާކޮށްފައިވާ ގައުމީ ދައުރަކީ ދިވެހި ތާރީޚުގައި ލާމަސީލު ނަމޫނާއެކެވެ.

ގައުމީ މުނާސަބަތުތަކާއި އިހުތިފާލުތައް ފާހަގަކުރުމުގައާއި އެ ކަންކަން ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމުގައި އެންމެބޮޑު ދައުރެއް އަދާކޮށްފައިވާ މީޑިއާއަކީވެސް ދިވެހިރާއްޖޭގެ އަޑެވެ. މިއަދުގެ ކުރިއަރާފައިވާ މައުލޫމާތާއި، މުއާސަލާތާއި ޓެކްނޮލޮޖީގެ ޒަމާނުގައިވެސް ރޭޑިއޯގެ ދައުރު ވަރަށް މުހިންމެވެ.

ތިމާވެށީގެ މައްސަލަތަކާއި ކާރިސާތަކާއި ހާދިސާތަކުގައި ޚަބަރާއި މައުލޫމާތު ފަތުރަން އެންމެ ފަސޭހަ ވަސީލަތް ކަމުގައިވުމެވެ. މަސްވެރިންނާއި ދަނޑުވެރިންނާއި މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރަމުން ބޭނުންކުރެވޭ ވަސީލަތަކަށް ވުމެވެ. އަދި މިނޫންވެސް އިލްމާއި ހޭލުންތެރިކަމާއި ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ގޮތުންވެސްމެއެވެ.

2004ގެ ސުނާމީ ކާރިސާއަށްފަހު އެކަށައެޅުނު ރާއްޖޭގެ އިމަޖެންސީ ކޮމިއުނިކޭޝަން ޕްލޭނުގައިވެސް ރޭޑިއޯގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ. ވީމާ ގައުމީ ބޭނުންތަކާއި ރައްޔިތުންގެ ފައިދާއާއި ކުރިއެރުމަށްޓަކައި ރާއްޖޭގެ ގައުމީ ރޭޑިއޯ ސްޓޭޝަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް މިއަދު މިވަނީ އިސްކަން ދޭންޖެހިފައެވެ.

ދިވެހިރާއްޖޭގެ އަޑު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2021

ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް

23 ޑިސެމްބަރު 2021
ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް
14 އޮކްޓޯބަރު 2021

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

14 އޮކްޓޯބަރު 2021
ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!
07 އޮކްޓޯބަރު 2021

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.
20 ސެޕްޓެމްބަރު 2021

އދ.ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރެނީއެވެ.

20 ސެޕްޓެމްބަރު 2021
އދ.ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރެނީއެވެ.
09 ސެޕްޓެމްބަރު 2021

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު
26 އޯގަސްޓު 2021

އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު

26 އޯގަސްޓު 2021
އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު
21 އޯގަސްޓު 2021

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

21 އޯގަސްޓު 2021
ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
01 އޯގަސްޓު 2021

މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.

01 އޯގަސްޓު 2021
މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.
08 ޖުލައި 2021

ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

08 ޖުލައި 2021
ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް