Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް

23 ޑިސެމްބަރު 2021 | ބުރާސްފަތި 11:21

ބަންގާޅާއި ދިވެހިންގެ ގުޅުމަކީ ހާސްއަހަރަށް ދެމިގެން ގޮސްފައިވާ ގުޅުމެއް

| 23 ޑިސެމްބަރު 2021 | ބުރާސްފަތި 11:21
ރައީސުލްޖުމްހޫރިއްޔާ ޝެއިޚް ހަސީނާއާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޝެއިޚް ހަސީނާއާ ބައްދަލު ކުރެއްވުން

ބަންގާޅާއި ދިވެހިރާއްޖޭގެ ތާރީޚީ ގުޅުމަކީ ހާސްއަހަރުވީ ސާސްކަފެއް ނުވަތަ ހާސްއަހަރުވީ ތާރީޚެއް ލިބިފައިވާ ގުޅުމެކެވެ. އިހުޒަމާނުގައި ދިވެހިން ވިޔަފާރިކަމުގޮސް އުޅުނު މައިގަނޑު މަންޒިލެއްގެ ގޮތުގައި ބަންގާޅު ހިމެނެއެވެ.

ދިވެހިރާއްޖެއާއި ބަންގާޅުގެ ތާރީޚީ ގުޅުންތަކުގެ އެންމެ އަލިގަދަ ސަފުހާތަކުގެ ތެރެއިން ބަންގާޅުގެ ޝާހީ ދަރިކޮޅަކުން ރާއްޖެވަޑައިގެންނެވި އަމީރު ނަވާބު ތާޖަރު ސަލާއްދީން ސާލިހުލް ބަންޖާލީ، ރާއްޖޭގެ އެއިރުގެ ރަސްދަރިކޮޅު ސޯމަވަންސަ ދަރިކޮޅުގެ ގޮމަޔަކާއި ކައިވެނިފުޅު ކުރައްވައިގެން ލިބިވަޑައިގެންނެވި ދަރިކަލުން މީގެ 700 ވަރަކަށް އަހަރު ކުރިން ދިވެހި ސިންގާސަނާގައި ރެދަލިކުރެއްވުން ނުވަތަ ރަސްކަން ކުރެއްވުން ފާހަގަވެގެންވެއެވެ.

އެއީ އައްސުލްތާން އަބުލްފަތުހީ ޖަލާލުއްދީން އުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުން (1306-1335)އެވެ. ވީރުއަކީ ދެކުނުއޭޝިޔާގެ ޝާހީ ނަމެކެވެ. އަދި ދީން އެއީ އިސްލާމީ ޚާއްސަ ނަމެކެވެ. ދީން މިނަން ބޭނުން ކުރެއްވި ފުރަތަމަ މަހާރަދުންނަކީވެސް މިއީއެވެ.

މިރަދުންނަށްފަހު މިރަދުންގެ ދަރިކަލުން އައްސުލްތާން އަހުމަދު ޝިހާބުއްދީން ސިރީ ލޯކަ އާދީއްތަ މަހާރަދުން (1335-1341) ދިވެހި ސިންގާސަނާގައި ރެދަލިކުރެއްވިއެވެ. ދެން އެއަށްފަހު އައްސުލްތާން އަބުލްފަތުހީ ޖަލާލުއްދީން އުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުންގެ ދަރިކަނބަލުން މަޝްހޫރު ރެހެންދި ސުލްތާނާ ޚަދީޖާއެވެ.

ރާއްޖޭގެ ފުރަތަމަ ރަނިކަމަނާއަކީ ރެހެންދި ޚަދީޖާއެވެ. އައްސުލްތާނާ ޚަދީޖާ ރެހެންދި ކަނބައިދި ސިރީ ރާދަ އަބާރަނަ މަހާރެހެންދި (1341-1344) (1344-1354) (1356- 1359) 3 ފަހަރު ރާއްޖޭގެ އެންމެމަތީ ވެރިކަން (ރަނިކަން) ކުރެއްވިއެވެ.

އެއީ ދިވެހި އެންމެ އާދަޔާ ޚިލާފު ލާމަސީލު ރަނިކަމަނާފާނެވެ. އަދި އެކަމަނާގެ ކޮއްކޯފުޅު އައްސުލްތާނާ ފާތިމާ ރާދަފަތި ސިރީ ސޯމަ އަބާރަނަ މަހާރެހެންދި (1359) ރާއްޖޭގެ އެންމެމަތީ ވެރިކަން (ރަނިކަން) ކުރެއްވިއެވެ.

ވީމާ އައްސުލްތާން އަބުލްފަތުހީ ޖަލާލުއްދީން އުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުންނާއި އެރަދުންގެ 3 ބޭފުޅުން ދިވެހި ސިންގާސަނާގައި ރެދަލި ކުރެއްވިއެވެ. އަބާރަނަ މަހާރަދުންނާއި ރެހެންދިންނެވެ. ރަސްރަނިންނެވެ.

ފަހުގެ ތާރީޚުގައި އިރުމަތީ ޕާކިސްތާނުގެ ގޮތުގައި އޮތް ބަނގްލަދޭޝް، މިނިވަން ގައުމެއްގެ ގޮތުގައި އުފެދުނީ 1971ގައެވެ. ވީމާ މިއީ ބަންގްލަދޭޝްގެ 50 އަހަރު ނުވަތަ ރަންޔޫބީލު އަހަރެވެ.

ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާއި ސިޔާސީ ގުޅުން ގާއިމުވީ 22 ސެޕަޓެމަބަރު 1978ގައެވެ. ދިވެހި ފުރަތަމަ ބޭންކު ނުވަތަ ބޭންކް އޮފް މޯލްޑިވްސް އުފެދުނީ 11 ނޮވެންބަރ 1982ގައެވެ. އެއީ ބަނގްދަލޭޝް ސަރުކާރުގެ އެހީގައެވެ. 10 އަހަރުވަންދެން 11 ނޮވެންބަރ 1992ށް ބޭންކް އޮފް މޯލްޑިވްސް ހިންގައިދިނީވެސް ބަނގްލަދޭޝްއިންނެވެ. ސައްތައިންސައްތަ ދިވެހި ބޭންކަކަށްވީ 11 ނޮވެންބަރ 1992ގައެވެ.

ބަންގްލަދޭޝްގެ ރައީސް ޖެނެރަލް ހުސައިން މުހައްމަދު އިރުޝާދު، ރާއްޖެއަށް 1984ގައި ކުރެއްވި ރަސްމީ ދަތުރުފުޅަކީ ބަނގްލަދޭޝްގެ އެންމެމަތީ ވެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އޭގެފަހުން ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ ވަޑައިގެންނެވިއެވެ. އަދި މިހަފުތާގައި ބޮޑުވަޒީރު ޝޭޚް ހަސީނާ ވާޒިދު ވެސް އެހުންނެވީ ވަޑައިގެންނެވެ.

ބަންގްލަދޭޝްދިވެހި ތާރީޚު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް

18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
17 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

17 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް