Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
އާއްމު މަޖިލީހުގައި ރައީސް ތަގުރީރު ކުރެއްވުން

އދ.ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރެނީއެވެ.

ފާއިތުވި 43 އަހަރުގެ ތެރޭގައި އެންމެ ރައީސެއް ފިޔަވައި ހުރިހާ ރައީސުންވެސް އދ.ގައި ތަގުރީރު ކުރެއްވި

ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 14:07
އދގެ އާއްމު މަޖިލީހުގައި ހުސްވި އަހަރު ރައީސް ސާލިހު ތަގުރީރު ކުރައްވަނީ: މިއަހަރުގެ ސެޝަނުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ

އދގެ އާއްމު މަޖިލީހުގައި ހުސްވި އަހަރު ރައީސް ސާލިހު ތަގުރީރު ކުރައްވަނީ: މިއަހަރުގެ ސެޝަނުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އދ.ގެ އާއްމު މަޖިލީހުގެ ތާރީޚީ މާލަމުގައި މާދަމާ ތަގުރީރު ކުރައްވާނެއެވެ. ސެޕްޓެމްބަރު 21 ވާ އަންގާރަ ދުވަހު އެމަނިކުފާނު ކުރައްވާ ތަގުރީރަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ވަރަށް ތާރީޚީ ތަގުރީރެކެވެ. ދިވެހިރާއްޖެ އާއި އދ.ގެ ޒަމާންވީ ގުޅުމާއި ބައިނަލްއަގުވާމީ ސަފުގައި ހިމެނިގެން ދިވެހިރާއްޖެ މިހާތަނަށް ކުރި ދަތުރުގައި ދިވެހިންނަށް ހާސިލްވެފައިވާ މިންވަރުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް އާއްމު މަޖިލީހުގެ މާލަމުގައި ރައީސް ސާލިހު ތަގުރީރު ކުރައްވާ ދެވަނަ ފަހަރެވެ. ކުރީ ފަހަރަށްވުރެ އެމަނިކުފާނުގެ ތަގުރީރުގެ މުހިއްމުކަން މިފަހަރު އެތައް ގުނައެއް އިތުރެވެ. މުނާސަބުކަން ވެސް ބޮޑެވެ.

ރައީސް ސާލިހު އދ.ގެ އާއްމު މަޖިލީހުގައި ކުރައްވާ ތަގުރީރު ތާރީޚީގޮތުން ވަރަށް މުނާސަބުވެ ޚާއްސަވެގެންދާ މައިގަނޑު ސަބަބަކީ މާދަމަޔަކީ އދ.ގައި ދިވެހިރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރޭ ދުވަސް ކަމަށް ވުމެވެ. ރާއްޖެ އދ.ގެ މެންބަރަކަށްވީ 21 ސެޕްޓެމްބަރު 1965 ގައެވެ. މާދަމާއަކީ އެކަމަށް 56 އަހަރުފުރޭ ދުވަހެވެ. މެންބަރުކަން އެދުވަހު ލިބުނުކަށްވިޔަސް ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ދިވެހި ގައުމީ ދިދަ ވިހުރުވޭން ފެށުނީ 12 އޮކުޓޫބަރު 1965 ގައެވެ. އޭގެފަހުން ރާއްޖޭގެ ވަފުދެއް އދ.ގެ އާއްމު މަޖިލީހަށް ވަދެ އެތަނުގައި އެންމެ ފުރަަތަމަ ރާއްޖެ ތަމުސީލުވީ އޭގެ އެއް އަހަރު ފަހުން 1966 ގެ ސެޕްޓެމްބަރު 21 ގައެވެ. މާދަމަޔަކީ އެކަމަށް 55 އަހަރު ފުރޭ ދުވަހެވެ.

އދ. ގެ މެމްބަރަކަށް ދިވެހިރާއްޖެވުމަށް 56 އަހަރު ވުމާއި އާއްމު މަޖިލީހުގައި ދިވެހީންގެ އަޑު ފުރަތަމަ އިއްވުމަށް 55 އަހަރު ފުރޭ ތާރީޚީ މުނާސަބާގައި މާދަމާ ރައީސް ސާލިހު މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ. މީގެ 55 އަހަރު ކުރިން ދިވެހިންގެ އަޑު މި މަޖިލީހުގައި އެންމެ ފުރަތަމަ އިއްވި ދުވަހާއި މިއަދާއި ދޭތެރޭގައިވާ ފަރަގުގެ މައްޗަށް އަލިއަޅުވައިލައްވާނެއެވެ. އ.ދގެ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެ ފުރަތަމަ ތަގުރީރެއް ކުރެއްވީ ރާއްޖޭގެ ދާއިމީ މަންދޫބު އޮނަރަބަލް އަހުމަދު ހިލްމީ ދީދީއެވެ. ކަކާގޭ އަހުމަދު ހިލްމީދީދީއެވެ. ‫އެމަނިކުފާނަކީ އޭރު ރާއްޖޭގައި ހުންނެވި ޚާރިޖީ ކަންކަމުގެ އެންމެބޮޑު ތަޖުރިބާކާރެވެ.

އެ ތާރީޚީ މުނާސަބާގައި އެދުވަހު އޮނަރަބަލް އަހުމަދު ހިލްމީދީދީ ދެއްކެވީ ކޮން ވާހަކަފުޅެއް ބާވަައެވެ. ދުނިޔޭގެ ދަރުބާރުގައި ދިވެހިންގެ އަޑު އިއްވާން ލިބުނު ފުރަތަމަ ފުރުސަތުގައި އެމަނިކުފާނު ދެއްކެވީ ކޮން ވާހަކަފުޅެއް ބާވައެވެ. ވިދާޅުވިއެވެ. އދ. ގެ މަގުސަދަކީ ކުޑައެއް ބޮޑެއް ނުބަލައި އިންސާފު ގާއިމުކޮށްދިނުމެވެ. ހަމަހަމަކަމާއެކު މުއާމަލާތު ކުރުމެވެ. އެންމެންގެ އަޑު އަހައި އެންމެންގެ ކަންކަމާ އުޅުމެވެ. ދިވެހިރާއްޖޭގެ ސިޔާސަތަކީ އެންމެނަށްވެސް އިހުތިރާމްކޮށްގެން އެންމެނާއި ގުޅިގެން ކުރިއަށް ދިއުމެވެ. ދުނިޔެ ވީހާވެސް އަމާން އޮމާންތަނަކަށް ހެދުމުގައި ދިވެހިންވެސް ބައިވެރިވުމެވެ. ދިވެހިންގެ ކުރިއެރުމާއި ތަރައްގީގައި އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ހޯދުމެވެ. ނިކަމެތިންނަށް ވަކިގޮތެެއް، ގަދަމީހުންނަށް ގަދަގޮތް އޮތުމުގެ އުސޫލު ނައްތައިލުމެވެ.

އޮނަރަބަލް އަހުމަދު ހިލްމީދީދީގެ އެ ތަގުރީރަށް މާދަމާ 55 އަހަރު ފުރޭއިރު އެމަނިކުފާނު އެ ހާމަކުރެއްވި ކަންކަން ހާސިލް ކުރެވިފައިވަނީ ކިހާވަރަކަށް ބާވައެވެ؟ ކުޑައެއް ބޮޑެއް ނުބަލައި އެންމެން ހަމަހަމަވާން ޖެހޭ ކަމަށް އެ ވިދާޅުވި ވިދާޅުވުން ހަގީގަތަކަށްވެ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށްވެސް ދިވެހިރާއްޖޭގެ ބޭފުޅަކު މިހާރު އެހުންނެވީ ވަޑައިގެންނެވެ. އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބަލް އަބްދު ﷲ ޝާހިދެވެ. މާދަމާ ރައީސް ސާލިހު ތަގުރީރު ކުރައްވާއިރު އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ޝާހިދެވެ. އާއްމު މަޖިލީހުގައި ކުރިޔަށް އޮތް އެއްއަހަރު އަމަލުކުރަމުން އަމާޒު ހިފަމުންދާނީ އޮނަރަބަލް ޝާހިދުގެ އުއްމީދީ ރިޔާސަތުގެ މުހިއްމު ފަސް ލަނޑުދަނޑިއަށެވެ.

ދިވެހިރާއްޖެ އ.ދގައި ބައިވެރިވެ ބައިނަލްއަގުވާމީ މުޖުތަމައުގައި ތަމުސީލުވާން ފެށިފަހުން ރާއްޖޭގެ ތަސައްވުރާ އެއްގޮތަށް ދުނިޔެ މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ވޭތުވެދިޔަ 56 އަހަރުގެ ތެރޭގައި ރާއްޖެ ކުރި ދިގު ދަތުރުން ވާސިލްވެވުނު މަންޒިލްތައް ގިނަގުނައެވެ. ރާއްޖެއަކީ ކުދި ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މުޖުތަމައުގައި އެންމެ ފާހަގަ ކުރެވޭ މިންވަރަށް އެކި ކަންކަމުގައި ވަކާލާތު ކުރަމުން އަންނަ ގައުމެވެ. ރައީސް ސާލިހު މާދަމާ ކުރައްވާ ތަގުރީރާއި އަދި އާއްމު މަޖިލީހުގެ ރިޔާސަތުގައި އޮނަރަބަލް ޝާހިދު އިންނަވާ އިންނެވުމުން މިކަންކަން އިތުރަށް ހާމަވެ ދުނިޔެއަށް ތަމްސީލުވެގެން ވެސް ދާނެއެވެ.

ފާއިތުވެގެން މިދިޔަ 56 އަހަރުގެ ތެރެއިން ދުނިޔޭގެ ދަރުބާރަށް ހާޒިރުވެ މޫނު ދައްކާލައި ދުނިޔޭގެ ސަފުތަކުގެ ބަދަހިކަން ބަލާލައި ދުނިޔޭގެ ދަރުބާރުގައި ރާއްޖޭގެ މަސްލަހަތު ޕްރޮމޯޓް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ރާއްޖޭގެ ގިނަ ރައީސުން ހިއްޕެވިއެވެ. އެންމެ ފަހުން ރައީސްކަން ކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު ވަނީ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވައިފައެވެ. އެއީ ރައީސް މައުމޫނާއި ރައީސް ނަޝީދު، އަދި ރައީސް ވަހީދާއި ރައީސް ސާލިހެވެ. މި ފުރުސަތުގެ ބޭނުން ނުކުރައްވައި ފަސް އަހަރުގެ ދައުރެއްގައި އެކަހެރިކަން އިޚުތިޔާރު ކުރެއްވީ އެންމެ ބޭފުޅެކެވެ.

އދ.ގެ އާންމު މަޖިލިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޢަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު