Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

އިންޓަނެޓު ތައާރަފުވުމަކީ ރާއްޖޭގެ ހުރިހާ ކަމަކަށް އައި އިންގިލާބީ ވަރަށް ބޮޑު ބަދަލެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2021 | ބުރާސްފަތި 05:03
މާލޭގައި 1977 ވަނަ އަހަރު ގާއިމު ކުރެވުނު އާރތު ސްޓޭޝަން: ބައިނަލްއަގުވާމީ މުވާސަލާތުގެ ތެރެއަށް ދިވެހިރާއްޖެ ވަނުމުގެ ދޮރަކަށްވީ މި ސްޓޭޝަން

މާލޭގައި 1977 ވަނަ އަހަރު ގާއިމު ކުރެވުނު އާރތު ސްޓޭޝަން: ބައިނަލްއަގުވާމީ މުވާސަލާތުގެ ތެރެއަށް ދިވެހިރާއްޖެ ވަނުމުގެ ދޮރަކަށްވީ މި ސްޓޭޝަން

މިހާރު ގުނަމުން މިދާ ދެހާހުގެ އަހަރުތަކަކީ މުއާސަލާތުގެ ދާއިރާގައި ދުނިޔެއަށް ނުހަނު ބޮޑު ކުރިއެރުންތަކެއް އަންނަމުންދާ އަހަރުތަކެކެވެ. ދެހާހުގެ އަހަރުތައް ނުވަަތަ 21 ވަނަ ސައްތަ ފެށުމުގެ މާކުރިންވެސް މިސައްތަ ސިފަކުރެވިފައި ވަނީ މައުލޫމާތުގެ ސައްތައެއްގެ ގޮތުގައެވެ. އެއީ މިސައްތައިގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީން ކަމަށްވާތީއެވެ. އަދި އެންމެ ބޮޑަށް ގައުމުތައް ނުވަތަ ކުންފުނިތައް ކުރިއަރައިގެން އަންނާނީވެސް މައުލޫމާތުގެ މުއާސަލާތުގެ ޓެކްނޮލޮޖީން ކަމަށް ވާތީއެވެ.

މިއަދުގެ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރިތަކުގެ ތެރޭގައި މައުލޫމާތުގެ މުއާސަލާތުގެ ޓެކްނޮލޮޖީގެ ވިޔަފާރިތައް ހިމެނިފައިވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީގެ ތެރެއިން ދުނިޔެއަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން ބައިނަލްއަގުވާމީ ވިއުގަ ކަމަށްވާ އިންޓަރނޭޝަނަލް ނެޓްވާކް ނުވަތަ އިންޓަނެޓު ދުނިޔެއަށް ތައާރަފުވީ މީގެ 60 ވަރަކަށް އަހަރުކުރިން 1960ގެ އަހަރުތަކުގައެވެ. އެކަމަކު ދިވެހިރާއްޖެއަށް އިންޓަނެޓް ތައާރަފުވީ އޭގެ މާފަހުން 14 އޮކްޓޫބަރ 1996ގައެވެ. މިއަދު މިއީ ރާއްޖެއަށް އިންޓަނެޓް ތައާރަފުވުމުގެ 25 އަހަރު ފުރުނު ރިހިޔޫބީލު މުނާސަބަތުގެ ދުވަހެވެ.

އެންމެ ބޮޑު ބަދަލެއް ނުވަަތަ ކުރިއެރުމެއް ދިވެހިރާއްޖެއަަށް ގެނެސްދިން ވަސީލަތަކީ މި ވަސީލަތެވެ. މައުލޫމާތުގެ މުއާސަލާތުގެ ޓެކްނޮލޮޖީއެވެ. ތައުލީމާއި މައުލޫމާތާއި، ހިންގުމާއި، އިގުތިސާދީ، އިޖުތިމާއީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމާއި، މިހެންގޮސް ހުރިހައި ދާއިރާއެއްގައި، 25 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތައް ގިނަގުނައެވެ. އެހެންވީމާ ދިވެހިރާއްޖޭގައި ތިބި 25 އަހަރާއި އެއަށްވުރެ ޒުވާން އުމުރުގެ އެންމެންވެސް އުފަންވެފައި މިވަނީ މައުލޫމާތުގެ މުޖުތަމައުގައެވެ. މައުލޫމާތުގެ ރަން ޒަމާނުގައެވެ. އިންޓަނެޓްގެ ޒަމާނުގައެވެ.

އިންޓަނެޓް ތައާރަފުވިތާ އަހަރެއްފަހުން ދިވެހިރާއްޖެއަށް މޯބައިލް ފޯނުވެސް 1997ގައި ތައާރަފް ވެއްޖެއެވެ. އިންޓަނެޓުގެ ޚިދުމަތް ގިނަބަޔަކު މިއަދު ބޭނުންކުރަނީ ކޮމްޕިއުޓަރަށްވުރެ ބޮޑަށް މޯބަައިލް ފޯނުންނެވެ. މުޅި ރާއްޖެއަށް އިންޓަނެޓު އާންމުވީ މޯބައިލް ފޯނުން އިންޓަނެޓް ބޭނުންކުރެވޭގޮތް 2007 ގައި ތަނަވަސް ވެގެންދިޔަ ހިސާބުންނެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ބަލިމަޑުަކަމުގައި ދުނިޔެ ނުހުއްޓި އަދި ރާއްޖެވެސް ނުުހުއްޓި މި 2 އަހަރު ހިނގަމުން ދިއުމުގައި އިންޓަނެޓުގެ ވަސީލަތްވީ އެންމެ މުހިންމު ވަސީލަތް ކަމުގައެވެ. ސިއްހީ މުއާސަލާތާއި މުއާމަލާތުގައެވެ. ޒަރޫރީ ބޭނުންތަކުގައެވެ. ސަރުކާރު ހިންގުމުގައެވެ. ތައުލީމު ދިނުމުގައެވެ. އިޖުތިމާއީ އަދި އިގުތިސާދީ ކަންކަމުގަައިވެސް މެއެވެ. ހުރިހައި ކަމަކާއި ގުޅިފައިވާ ވަސީލަތެއްގެ ގޮތުންނެވެ. މީޑިއާއާއި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަށްވެސް މެއެވެ.

އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ދިރިއުޅޭ އެންމެންވެސް މިވަނީ މުއާސަލާތާއި ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތަކުން ގުޅިލާމެހިފައެވެ. މި ވަސީލަތްތަކާއި ނުލައި އަދުގެ ބަވަނަ ދުނިޔޭގައި ދިރިއުޅުން ކުރިއެރުވޭނެ ގޮތްތަކެއްވެސް ނެތެވެ. ބަވަނަ ވިޔަކަސް ދުނިޔޭގެ ގައުމުތަކުގައި އޮތީ ތަފާތު ސަގާފަތާއި އާދަކާދަތަކެވެ. ވީމާ އެންމެން އެއްގޮތަކަށް ބަވަނައެއް ނުވާނެއެވެ. އެއީ ވެވޭނޭ ކަމެއްވެސް ނޫނެވެ.

އިންޓަނެޓުގެ ވާހަކަ ދައްކާއިރު ފާއިތުވި 25 އަހަރުގެ ތެރޭގައި ދިވެހި މުޖުތަމައަށް އިންޓަނެޓުގެ ސަަބަބުން ކުރި ނޭދެވޭ އަސަރުތައްވެސް ފާހަގަކުރަންޖެހެއެވެ. ޚާއްސަކޮށް ކުޑަކުދީންނަށެވެ. އެއީ ވިސްނާން ޖެހިފައިވާ ކަމެކެވެ. ކުޑަކުދިންނަށް ނޭދެވޭ އަސަރުުކުރާ ކަންކަމުން އެކުދިން ރައްކާތެރިކޮށް ސަލާމަތްކުރުމަކީ މުޖުތަމައުގެ ޒިންމާއެކެވެ. މިކަމާބެހޭގޮތުން މައިންބަފައިންނާއި ބެލެނިވެރިން ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އިޖުތިމާއީ ރައްކާތެރިކަމާއި މުޖުތަމައުގެ ކުރިއެެރުމަށެވެ.

މުއާސަލާތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ނިސްބަތް މި ސަރަހައްދުގައި ވެސް އެންމެކުރީގައިވާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަ ކުރެވެއެވެ. އެހެންވީމާ، ރައްކާތެރިކަމާއެކު ހެޔޮގޮތުގައި މި ވަސީލަތްތައް ބޭނުންކުރުމަށް ދިވެހި އެންމެހައި ރައްޔިތުން ހޭލުންތެރިކުރުމަކީ ގައުމީގޮތުން ކޮންމެހެން ވެސް ކުރާންޖެހޭ ކަމެކެވެ. މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާއި ދިވެހި ގައުމިއްޔަތަށްޓަކައެވެ. ދިވެހި ސަގާފަތު ރައްކާތެރިކޮށް، ރިވެތި ސުލޫކު ދަމަހައްޓައި ދިވެހި މުޖުތަމައުގެ އިޖްތިމާޢީ ފޭރާން ކިލަނބުވިޔަނުދީ، ޒަމާނީ ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައެވެ. އަދި މިނޫންވެސް ގައުމީގޮތުން ސަމާލުވާންވީ އެތައް ސަބަބުތަކަށްޓަކައެވެ.

އިންޓަރނެޓްކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025
ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

20 ޖުލައި 2024
ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

27 އެޕްރީލު 2024
އިންޓަނެޓަށް ހެޔޮ ބަދަލެއް، ޚިދުމަތުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ

އިންޓަނެޓަށް ހެޔޮ ބަދަލެއް، ޚިދުމަތުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ

17 ޖުލައި 2023
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މ. ވޭވަށަށް

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މ. ވޭވަށަށް

01 އޯގަސްޓު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު