Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވައުދާއި ހުވާތައް ހަނދާން ނުނެތެޔޭ!

ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ވައުދުތަކަށް ވަނީ ހިރަފުސް އަރާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2021 | ބުރާސްފަތި 08:41
މި ފެންނަނީ ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ގެންދަވާ މަންޒަރު

މި ފެންނަނީ ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ގެންދަވާ މަންޒަރު

ވަޢުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ، ނޫނީ އެހެންގޮތެއްގައި މަޖުބޫރުވާނެޔޭ!  މިއީ ލޯބީގައި ކާމިޔާބުވާ ފަހަރުތަކުގައި އަޑުއަހާލަން އެންމެ ހިތަގައިމު އެއް ލަވައެވެ. އެހެންނަމަވެސް މިފަހަރު މިއުޅެނީ ލޯބިގައި ނާކަމިޔާބުވި ވާހަކަދައްކާކަށް ނޫނެވެ.

ލޯބިވެރިންގެ ހިތުން ޖާގަ ހޯދި މި ލަވަ މިހާރު މިވަނީ ސިޔާސީ ޕޯޑިއަމްތަކުން ޖާގަ ހޯދާފައެވެ. ސިޔާސީ ވެރިން ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގަންނަވާ ވައުދު ނުފުއްދޭ ހިސާބުން މި ބައިތު ކިޔާ މަލާމާތް ރައްދު ކުރެއެވެ. އެހެން އެކަން ވެދާނެއެވެ. އެއީވެސް ޒާތެއްގެ ބޭވަފާތެރިވުމެކެވެ. 

ދިވެހި ރައްޔިތުން 2008 ވަނަ އަހަރު އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ދިނީ އެމްޑީޕީން ވީ ވައުދަށް ބަލައިގެނެއް ނޫނެވެ. ބަދަލަކަށް ބޭނުންވާތީއެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމަށް ރައީސް ނަޝީދު ވަޑައިގެން އެމްޑީޕީން ވީވައުދުތައް ރަނުންރަނަށް ފުއްދަވަން ފެއްޓެވިއެވެ. އެކަން ހުއްޓިގެން ދިޔައީ ހަސަދަވެރިންގެ ބަޔަކު ކުރި ބަޣާވާތަކުން ވެރިކަން ވައްޓާލުމުންނެވެ.

ޕީޕީއެމުން ވެރިކަމަށް ރައީސް ޔާމިން ގެންނަންވެސް ވައުދާ އަހުދުތައް ވިއެވެ.  އޭރު މަޝްހޫރުވި "ބެޔަސް ނުބެޔަސް ދިހަހާސް" ކަހަލަ ކިތަންމެ ވައުދެއްވެ، ބެނާރތަކުން މާލެއާއި، ރާއްޖޭގެ ރަށްތަށުގެ މަގުމަތި ފުރާލިއެވެ. ފަސް އަހަރުވީއިރު ވެރިކަން ބަޣާވާތަކުން ވައްޓާނުލައެވެ. ވީވައުދުތައް ހުރި ގޮތަށް ހުރީއެވެ. ބެނަރތަކަށް ހިރަފުސް އަރައި ނިމިދިޔައީއެވެ. ވެރިކަމުގައި ފެނުނީ ވައުދުތައް ބޮޑު ފޮށްޓަށްލުމަށްފަހު ވައްކަން ކުރެއްވިތަނެވެ. ރާއްޖޭގައި އޮތިއްޔާ އޮތް ފަޅަކާއި ފަރެއްވެސް ވިއްކައި ޑޮލަރުތައް އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވީއެވެ.

ވެރިކަމަކީ އަމާނާތެކެވެ. ވަކި މީހަކު މޮޅުވެގެން ލިބޭ އެއްޗެއް ނޫނެވެ. ދެން 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ރައްޔިތުންނަށް ވައުދުތައް ވެވަޑައިގެންނެވިއެވެ. މިއަދު މި ފެންނަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ގެންދަވާ މަންޒަރެވެ. ވެރިކަމުގެ ބާރަށްވުރެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވުން އެމަނިކުފާނަށް މުހިއްމުކަން މިއަދު ހާމަވެގެންދެއެވެ.

ދެވަނަ ދައުރަކަށް ވާދަކުރައްވާނެތޯ ކުރިމަތި ކުރެވުނު ސުވާކުގެ ޖަވާބުގައިވެސް ވިދާޅުވީ، އެވާހަކަދައްކަވަން އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ފުރަތަމަ ބައްލަވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދޭތޯ ކަމަށެވެ. މިއީ ރައީސް ސާލިހަށް އޮތް ލޯބި އިތުރުވެގެން ދިޔަ ވަގުތުކޮޅެކެވެ. ސިޔާސީ ގޮތުން މޮޅު ވާހަކަތައް ދައްކައި، ރައްޔިތުންނަށް ދަޅަ ދެއްކުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އެބައޮތެވެ. އެހެންނަމަވެސް އެމަނިކުފާނު އިޚްތިޔާރު ކުރެއްވީ ރައްޔިތުންނަށް ފުރިހަމައަށް އިޚްލާސްތެރިކަމާއެކު ކަންކަން ކޮށްދެއްވުމެވެ. އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި އަމާނާތަށް ތެދުވެރި ވުމެވެ.

މިއަދު ރާއްޖޭގެ ކަންކޮޅުތަކުން ފެނިގެން ދަނީ ރައީސް ސާލިހުގެ ވަފާތެރިކަމެވެ. ކޮވިޑްގެ ބަނަކަމާއެކުގައިވެސް އެމްޑީޕީ ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި އެގެންދަވަނީ ސާބިތުކަމާއެކުގައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކޮށްދެއްވުމަށް އެންމެ ފުރަތަމަވެސް ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ވިދާޅުވީ، ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، ނޯންނާނެކަމަށެވެ. ދެން ސިޔާސީވެރިން ރައްޔިތުން ގާތު ފެނާއި ނަރުދަމާއަށް ވާނެ ވައުދެއް ނޯންނާނެއެވެ.

ރައީސް ސާލިހު ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. "ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް. އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި, މެޝިނަރީ ގެނެވި, ހޮޅިތައް ވަޅުލެވި, ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅިރާއްޖެ، އެކުއެކީ ހިނގާން ފެށުން, އެންމެ ފުރަތަމަ އަޅުގަނޑު ދެއްކި ވާހަކައަކީ، އަދިވީ ވައުދަކީ ވެސް އެއީ. މިއަދަކީ އެ ވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލާ، ކަންކަށިން ފޮނުފޮޅާލާ ދުވެލި ހަރުކުރި ދުވަސް"

ތެދުފުޅެކެވެ. އެމަނިކުފާނު އެގެންދަވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަވަމުންނެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ ވާހަކަ ދައްކަންވާނީ، ގައިން ތާހިރުވެގެން ތިބެ ކަމަށެވެ. އަދި މި ފަސް އަހަރަކީ އެންމެ ތާހިރު ފަސް އަހަރު ކަމަށެވެ.

މިކަމުން ރައްޔިތުންނަށް އުންމީދު އާލާ ވެއްޖެއެވެ. ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަކާމެދު ޝައްކު ނުކުރާނެކަން ޔަގީނެވެ. ވައުދާއި ހުވާކޮށް އެހަނދާންވެސް އެބަހުއްޓެވެ. އެހެންކަމުން މި ރިޕޯޓު ފަށަމުން ހިއްސާ ކޮށްލި ބައިތު ރައީސް ސާލިހަށް އަމާޒުކޮށް ނުކިޔޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

14 މެއި 2019
ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

11 މެއި 2019
ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

07 ފެބުރުއަރީ 2019
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު