Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހޯމްސްޓޭ ތައާރަފްކުރުން

ބޮޑެތި ލުއިތަކާއެކު ދެން ހުޅުވިގެންދާނީ ހޯމްސްޓޭ ގެސްޓްހައުސްތައް: މިނިސްޓަރު މައުސޫމް

ގެސްޓްހައުސްތައް ހޮޓެލްތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2021 | ބުރާސްފަތި 09:32
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް،

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް،

ހޯމްސްޓޭއާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަން ބޭނުންވާ މީހުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ދެން ހުޅުވިގެންދާނީ ހޯމްސްޓޭ ގެސްޓްހައުސްތައް ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މިނިސްޓަރު މައުސޫމް ވިދާޅުވީ މިހާރު ގެސްޓްހައުސްއެއް ރަޖިސްޓްރީ ކުރަންޖެހޭ ނަމަ، މަދުވެގެން ތިން ކޮޓަރި ހުންނަން ޖެހޭ ކަމަށެވެ. ނަމަވެސް ހޯމްސްޓޭ ތައާރަފް ކުރެވިގެން ދިއުމާއެކު، ދެކޮޓަރި ހުންނަ ގޭބިސީގައި ވެސް ގެސްޓްހައުސް ހޯމްސްޓޭ ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހޯމްސްޓޭ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް އެ ގޭބިސީއެއްގައި ރެސްޓޯރެންޓް ހުރުން ލާޒިމެއް ނުވާނެ ކަމަށާއި، އެރަށުގައި އެންމެ ރެސްޓޯރެންޓެއް ކައުންސިލްގެ ބެލުމުގެ ދަށުން ހޯމްސްޓޭއަށް ޚާއްސަ ކުރެވިއްޖެނަމަ އެ ވިޔަފާރިއަށް ހުއްދަދެވިގެންދާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ ގޭބިސީއެއްގައި ރިސެޕްޝަނެއް ހުންނަން ނުޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިންނަށް މައުލޫމާތު ދިނުމުން އެކަން ފުދޭނެ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ހޯމްސްޓޭއާއެކު ރަށުގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، ގިނަ ބަޔަކަށް މިސިނާއަތަށް ވަދެވިގެންދާނެ ކަމަށެވެ. އެކަމުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި ލޯންޗު ދަތުރުފަތުރު ސިނާއަތަށް ކުރިއެރުން ލިބޭނެ ކަމަށާއި، ރަށްރަށުގެ ބިމުގެ ކުލި މަތިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖެނުއަރީން ފެށިގެން މ. ދިއްގަރުން ހޯމްސްޓޭގެ ވިޔަފާރި ރާއްޖެއަށް ތައާރަފް ކުރާނެއެވެ. އަދި ލޯކަލް ޓޫރިޒަމާ ބެހޭ ގަވާއިދު 1 ޖެނުއަރީ 2022 ގައި ގެޒެޓް ކުރާނެއެވެ. މިބަދަލާއެކު މިހާރު ފެންވަރުގައި ހިންގަމުންދާ ގެސްޓްހައުސްތައް ހޮޓެލްތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެ ރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2019

ފެލިވަރު ކަރުހާނާގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: މިފްކޯގެ އެމްޑީ

04 ފެބުރުއަރީ 2019
ފެލިވަރު ކަރުހާނާގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: މިފްކޯގެ އެމްޑީ
27 ނޮވެމްބަރު 2018

ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރެޑްވޭވް އަހަރީ ބާޒާރު 2018 ފަށައިފި

27 ނޮވެމްބަރު 2018
ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރެޑްވޭވް އަހަރީ ބާޒާރު 2018 ފަށައިފި
19 އޯގަސްޓު 2018

ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން

19 އޯގަސްޓު 2018
ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން
16 މެއި 2018

ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ

16 މެއި 2018
ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ
07 އެޕްރީލު 2018

ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ

07 އެޕްރީލު 2018
ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު