Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކައުންޓެންޓުން ތަމްރީނު ކުރުން

ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 150 ސްކޮލަރޝިޕްގެ ފުރުސަތު

30 ޑިސެމްބަރު 2021 | ބުރާސްފަތި 07:17

އޭގެ ތެރެއިން 50 ފުރުސަތު ޕަބްލިކް ސެކްޓަރ އަށް ޚާއްސަކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޑިސެމްބަރު 2021 | ބުރާސްފަތި 07:17
ބުރާސްފަތި ދުވަހު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ

ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 150 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަންއެވެ. ޑރ ޙަސަން ވިދާޅުވީ، މި ސްކޮލަރޝިޕް ފުރުސަތާ ގުޅޭ ސްކީމް ބުރާސްފަތި ދުވަހު ހުޅުވާލައްވާނެ ކަމަށެވެ. އޭގެ ތެރެއިން 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ޚާއްސަކޮށްފައިވާއިރު، 100 ފުރުސަތު ޚާއްސަކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރއަށެވެ. މިއީ އެކައުންޓިންގ ދާއިރާއިން މީހުން ބިނާކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ފުރުސަތު ހުޅުވާލަނީ ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ސަނަދު ޙާސިލު ކޮށްފައިވާ ދަރިވަރުންނަށެވެ. އެގޮތުން މި ސްކީމްގެ ދަށުން ރަޖިސްޓްރޭޝަން ފީ، އެނުއަލް ސަބްސްކްރިޕްޝަން ފީ، އެކްޒާމް ފީ އަދި ބުކް އެލަވަންސް ފަދަ އިނާޔަތްތައް ސީދާ މިނިސްޓްރީން ހަމަޖައްސައިދޭއިރު، ރަޖިސްޓަރޑް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަމަ ޓިއުޝަން ފީވެސް މިނިސްޓްރީން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެކައުންޓިންގ ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ރައީސްގެ އެ ވާހަކަފުޅަށް އަލިއަޅުވާލައްވައި މިނިސްޓަރ ވަނީ މި ފުރުސަތުތަކަކީ އެ މަޤްޞަދު ޙާސިލު ކުރުމުގެ ގޮތުން ހުޅުވާލާ ފުރުސަތުތަކެއްކަމަށް ބަޔާން ކުރައްވާފައެވެ.

މި ޕްރޮފެޝަން ތަރައްގީކުރުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އިތުރުން، އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް ވެސް ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ދާއިރާގައި ވެސް ދިވެހިންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ، ބިދޭސީ އެކައުންޓެންޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރައްވާ ކަމަށާއި، ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިންގ ދާއިރާގެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވުމާއެކު، ޕަބްލިކް ސެކްޓަރ އަށާއި ޕްރައިވެޓް ސެކްޓަރ އަށް އަމާޒުކޮށް ވަކިން ފުރުސަތުތަކެއް މިނިސްޓްރީން މިހާރު މިވަނީ ފަހިކޮށްދީފައެވެ.

މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް