Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތިމާވެއްޓަށް ގެއްލުންދިނުން

މާފުށިވަރު ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގައިފި

އީޕީއޭއިން މާފުށިވަރު ޖޫރިމަނާކޮށްފައި ވަނީ 402,500 ރުފިޔާއިން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 30 ޑިސެމްބަރު 2021 | ބުރާސްފަތި 03:11
މާފުށިވަރު ރިސޯޓު

މާފުށިވަރު ރިސޯޓު

އދ. މާފުށިވަރު ރިސޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގައި ގަވައިދާ ޚިލާފުވެފައިވާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން އެރިސޯޓު ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން މާފުށިވަރު ޖޫރިމަނާކޮށްފައި ވަނީ 402,500 (ހަތަރު ލައްކަ ދެ ހާސްއްސަތޭކަ) ރުފިޔާއިންނެވެ.

އީޕީއޭން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރިސޯޓު ޖޫރިމަނާކުރީ ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އދ. މާފުށިވަރު ރިސޯޓް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އީޕީއޭއިން މި މަޝްރޫއަށް ދޫކުރާ ހުއްދައާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާތީ ކަމަށެވެ.

އީޕީއޭއިން މާފުށިވަރު ޖޫރިމަނާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ 16 ވަނަ މާއްދާގެ ދަށުންނެވެ. އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012ގެ 10 ވަނަ ނަންބަރަށް ރިއާޔަތްކޮށެވެ.

ދިވެހިރުފިޔާއިން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައި ވާއިރު، 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ފައިސާ އީޕީއޭއަށް ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
16 ޖޫން 2017

ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް

16 ޖޫން 2017
ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު