Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާމިންހަން 2022 - ކްއީންސް ބެޓަން

"ބާމިންހަން 2022 - ކްއީންސް ބެޓަން" އަށް ރާއްޖޭގެ ފަރާތުން ރައީސް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

29 ޑިސެމްބަރު 2021 | ބުދަ 14:56

ކްއީންސް ބެޓްން ރިލޭގެ ތާރީޚީ ދިގު ދަތުރު ނިންމާލާނީ 2022 ވަނަ އަހަރުގައި ޖުލައި މަހުގެ 28 ވަނަ ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޑިސެމްބަރު 2021 | ބުދަ 14:56
"ބާމިންހަން 2022 - ކްއީންސް ބެޓަން" އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

"ބާމިންހަން 2022 - ކްއީންސް ބެޓަން" އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ "ބާމިންހަން 2022 - ކްއީންސް ބެޓަން"' އަށް ދިވެހިރާއްޖޭގެ ފަރާތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ބައިވެރިވެވަޑައިގެންފިއެވެ.

 ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "ބާމިންހަން 2022 - ކްއީންސް ބެޓަން" ވަނީ އަރުއްވާފައެވެ. މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި "ބާމިންހަން 2022 - ކްއީންސް ބެޓަން" ގެ ރަސްމީ ޖާޒީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވެދުން ކުރައްވާފައެވެ.

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ 2021 ގެ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުގައި އިނގިރޭސިވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 72 ޤައުމަށް މި ބެޓަން ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް މި ބެޓްން ގެންދާނެއެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާ އެކު އޮންނަ ގުޅުމެވެ.

16 ވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީޚީ ދިގު ދަތުރު ނިންމާލާނީ 2022 ވަނަ އަހަރުގައި ޖުލައި މަހުގެ 28 ވަނަ ދުވަހުގައި ބަރމިންގހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސް ގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ.

އަންނަ އަހަރު ބަރމިންގހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރިވާއިރު، ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ހަމަޖައްސައިފައެވެ. މި ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކުޅިވަރުތައް ކަނޑައަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތު ގޭމްސްއަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖެއިން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ރަނުގެ ފުުރުސަތެކެވެ. މި ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމުމާ ގުޅިގެންނެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މެންބަރުކަން ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 މެއި 2017

ރާއްޖޭގެ ދެ ކުލަބަކުން އޮއްޕޮ ހޯދުމަށް މަސައްކަތް ކުރަނީ

10 މެއި 2017
ރާއްޖޭގެ ދެ ކުލަބަކުން އޮއްޕޮ ހޯދުމަށް މަސައްކަތް ކުރަނީ
08 މެއި 2017

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް