Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އުމްރާނީ ތަރައްގީ

ބްރިޖާއި ޕޯޓްގެ އިތުރުން 18 ބިލިއަން ރުފިޔާގެ 307 މަޝްރޫއެއް ކުރިއަށްދޭ

29 ޑިސެމްބަރު 2021 | ބުދަ 08:11

ފަސް އަހަރުގެ ދައުރުގައި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކޮށް ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ޑިސެމްބަރު 2021 | ބުދަ 08:11
23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވާހަކަފުޅު ދައްކަވަނީ

23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވާހަކަފުޅު ދައްކަވަނީ

ތިލަމާލެ ބްރިޖާއި ޕޯޓްގެ މަޝްރޫއުގެ އިތުރުން 18 ބިލިއަން ރުފިޔާގެ 307 މަޝްރޫއެއް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ރަށްރަށުގައި ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ، މިކަންކަން ބަލައިގަންނަ އަދި މިކަންކަން އެނގި ތިބެ ނޭނގޭ ކަމަށް ހަދާ ބަޔަކު ވެސް އުޅޭނެ ކަމަށެވެ. އެހެންނަމަވެސް މި ސިޔާސީ މާހަައުލުގައި އެ އެންމެންނާއެކު ވެސް އުޅެން ޖެހޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރަކީ ކަނުލައި އަޑުއަހާ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދޭ ސަރުކާރެއް ކަމަށެވެ. ރައީސް އެދިވަޑައިގަންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، އަމާޒުކޮށްގެން ތިބީ ދެ އަހަރު ނިމޭއިރު ހުރިހާ ރަށެއްގެ މަސައްކަތް ހަވާލުކުރުމަށް ނަމަވެސް އަހަރެއްހާ ދުވަސް ލަސްވެއްޖެ ކަމަށެވެ. އެހެންނަމަވެސް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ފަސް އަހަރުގެ ދައުރުގައި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކޮށް ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ދުވެލީގައި ވަރަށް ދުރަށް އާދެވިއްޖެ ކަމަށާއި، ދާން އޮތް ހިސާބު އަދި ވަރަށް ދުރު ކަމަށެވެ. ތަރައްގީވެފައިވާ ގައުމަކާ ހިސާބަށް ދިޔުމަށް އަދިވެސް ވަރަށް ދުރަށް ދަތުރުކުރަން ޖެހޭ ކަމަށާއި، މިހާރުވެސް އާދެވިފައިވާ ހިސާބާއި، ސްޕީޑް ވެސް ފަހަތަށް އެނބުރި ބަލާލަން ޖެހޭ ކަމަށެވެ. ކުރިއަށްދާން އޮތް ހިސާބާއި ސްޕީޑް ވަޒަން ކުރެވޭނީ އޭރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖެއަށް އައިސްފައިވާ ތަރައްގީގެ މިސާލު ޖައްސަވަމުން އެމަނިކުފާނު މާލެއަށް ފުރަތަމަ ވަޑައިގެންނެވީ 8 ދުވަހުން ކަމަށާއި، އެހެންނަމަވެސް މިއަދު މާލެއިން ސައި ބޮއެގެން މެންދުރުގެ ކެއުމަށް ރަށަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ދާން ބޭނުންވާ ހިސާބަށް ނުދެވޭ ކަމަށް ވިދާޅުވިއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއެކު ކަންކަން ބަދަލުވަމުން އަންނައިރު، މިހާރު މިކުރާ މަސައްކަތަކީ އެކަންކަމާ ފައި ހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

ތަރައްގީގައި ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށް ވިދާޅުވިއެވެ. އަބަދު ޝަކުވާކުރުން އެއީ ހަމަޖެހޭ ކަމެއް ނޫން ކަަމަށާއި، ކުރާ ކަންތައް ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް