Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރާޝިދުގެ ފޯމު އީސީން ބަލައިގެންފި، ކެމްޕޭން ފަށަނީ

ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޑިސެމްބަރު 2021 | ބުދަ 07:44
ކޮމަންޑޫ ދާއިރާ އެމްޑީޕީ ކެނޑިޑޭޓް ރާޝިދުގެ ފޯމު އީސީއަށް ހުށައެޅުއްވުން

ކޮމަންޑޫ ދާއިރާ އެމްޑީޕީ ކެނޑިޑޭޓް ރާޝިދުގެ ފޯމު އީސީއަށް ހުށައެޅުއްވުން

ކޮމަންޑޫ ދާއިރާގެ ޕާލިމަންޓަރީ ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓް ށ. ފޯކައިދޫ މުހައްމަދު ރާޝިދު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ރާޝިދުއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އޭނާ ފޯމު ހުށަހަޅުއްވާފައިވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ. އަދި ފޯމު އީސީން މިހާރު ވަނީ ބަލައިގެންފައެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ޓިކެޓު ލިބިވަޑައިގެން ކަމަށްޓަކައި އެޕާޓީގެ ލީޑަރޝިޕަށް ޝުކުރު އަދާ ކުރައްވާފައެވެ. ރާޝިދު ވިދާޅުވީ، ދާއިރާ އިތުރަށް ހަރުދަނާކޮށް ދާއިރާގެ އެމްޑީޕީ ޓީމު އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ދާއިރާއެއްކަން ފާހަގަކުރައްވައި ރާޝިދު އިތުރަށް ވިދާޅުވީ، މަސައްކަތް ކުރައްވާނީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ހުސައިން ވަޙީދުގެ މަސައްކަތްޕުޅާ އެއްގޮތަށް، ދާއިރާ އިތުރަށް ކުރިއެރުއްވުމަށް ކަމަށެވެ.

ރާޝިދު ވަނީ ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އަރުއްވާފައެވެ.

ފޯމު ހުށަހެޅުއްވުމުގެ ޙަރަކާތަށްފަހު މީޑިއާތަކާ ބައްދަލު ކުރައްވައި އެމްޑީޕީގެ ޗެއަރ ޕަރސަން ޙަސަން ލަތީފު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޙަސަން ލަތީފް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން ނުހަނު ޖޯޝާއި ފޯރީގައި ޕާޓީގެ ގުނަންތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކެނޑިނޭޅި ކުރާނެ ކަމަށެވެ. އަދި ދާދި އަވަހަށް ޕާޓީގެ ދަތުރުތައް ވެސް ފައްޓަވާނެކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީން ކެމްޕެއިން ކުރާ "ސްޓައިލްގައި" ދާއިރާގެ ހުރިހާ ރަށެއްގައި ވެސް އެ މަސައްކަތް ކުރައްވާނެކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ވެސް ވާހަކަ ދައްކަވާފައިވާއިރު، ޝިފާޒް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީއާ އެއްގޮތަކަށް ވެސް ބީރައްޓެހި ދާއިރާއެއް ނޫން ކަމަށެވެ. އަދި ވާދަވެރިން ވެސް އުޅޭނީ އެމްޑީޕީގެ ފަހަތުގައިކަމަށް ޝިފާޒް ވިދާޅުވިއެވެ. އެގޮތުން ކެމްޕޭންގެ ވައްޓަފާޅިއާއި، ކެމްޕޭން ކުރަންޖެހޭ ގޮތާއި، އިންތިޚާބުގައި ކާމިޔާބުވާނެ ގޮތް އެމްޑީޕީގެ ކިބައިން އެހެން ޕާޓީތަކުން ދަސްކުރާކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ލަސްތަކެއް ނުވެ، ރަސްމީކޮށް ކެމްޕޭން ޙަރަކާތްތައް ފައްޓަވާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެ ދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެންބަރު މަހުގެ 13 ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު