Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް މިސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

29 ޑިސެމްބަރު 2021 | ބުދަ 07:01

މިހާރުވެސް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ކުރިއަށް އެބަދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ޑިސެމްބަރު 2021 | ބުދަ 07:01
23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވައިފިއެވެ.

ބުދަ ދުވަހު، 23 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަކީ މިސަރުކާރުން ކޮށްދެއްވާނެ ކަމެއްކަމަށެވެ. މިހާރުވެސް މި މަސައްކަތް ކުރެވެމުންދާއިރު، ހުޅުމާލެއާއި، ގުޅީފަޅާއި، އެނޫން ތަންތަނުން ވެސް މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Advertisement - newsAdvertisement

މިހާރުވެސް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ކުރިއަށް އެބަދާ ކަމަށާއި، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާއްވަވާފައި އޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. މާލޭގެ ރަައްޔިތުންނަށް ގޯތި ދެއްވާނީ ހަމައެކަނި ގުޅީފަޅުން ނޫން ކަމަށާއި، ހުޅުމާލެއިން ވެސް ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ 1،000 ގޯތީގެ ވާހަކައެއްނޫން ކަމަށާއި، އޭގެ ދެގުނަ ތިން ގުނަ ގޯތި އިރާދަކުރެއްވިޔާ މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގޯތި ގެދޮރުގެ މައްސަލަތަކުގެ ވާހަކަ ދައްކަވާ ބޭފުޅުން އެވާހަކަ ދައްކަވަމުންދަނީ ވަކި މަންފާތަކެއް ހާސިލްކުރުމަށް ކަމަށެވެ. އަދި ޚާއްސަކޮށް ސަރުކާރުގެ ސިޔާސަތުތައް އެނގިވަޑައި ގަންނަވާ ބޭފުޅުން ވެސް އެވާހަކަ ދައްކަވަމުންދަނީ ވަކި މަންފާތަކެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި، މި މަސައްކަތް ހަވާލު ކުރައްވާފައިވާ ވަޒީރުންނާއި، ސިޔާސީ ބޭފުޅުން ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތްތައް ނިންމުމަށް ބާރު އަޅުއްވަން ޖެހޭނެ ކަމަށެވެ. އޭރުން މިކަމަށް ހައްލު ހޯދޭނެ ކަމަށެވެ.

ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށް 1.2 ބިލިޔަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިންގ މިނިސްޓަ މުހައްމަދު އަސްލަމް ދާދި ފަހުން ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއާއި ގުޅީފަޅުން 3000-4000 ދެމެދުގެ އަދަދަކަށް ގޯތި ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް