Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްޑީސީއާއި ސިޓީ ކައުންސިލްގެ ދެބަސްވުން

އެޗްޑީސީގެ ތިޖޫރީގެ ތަޅުދަނޑިފަތި އަތުލުމަކީ މުނިސިޕަލް ކައުންސިލްގެ މަސައްކަތެއް ނޫން

އެޗްޑީސީ އަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް ވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2021 | ބުދަ 02:25
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

އެޗްޑީސީގެ ތިޖޫރީގެ ތަޅުދަނޑިފަތި އަތުލުމަކީ މުނިސިޕަލް ކައުންސިލްގެ މަސައްކަތެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޑީސީގެ ތިޖޫރީގެ ތަޅުދަނޑިފަތި އަތުލުމަކީ މުނިސިޕަލް ކައުންސިލްގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި ޑްރަގް ކެފޭ ސަރަހައްދުތަކުގައި ސީސީޓީވީ ހަރުކުރުމާއި މާލޭ ސަރަހައްދުން ފޭރުމާއި ވައްކަން ހުއްޓުވާން ފުލުހުންނާ ގުޅިގެން މާލެތެރެ ބެލެހެއްޓުމަކީ މާލޭ މުނިސިޕަލް ކައުންސިލްގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

ބޮންޑޭ މިހެން ވިދާޅުވެފައި މިވަނީ މާލޭގެ މީހުންނަށްޓަކައި އެޗްޑީސީ އުވާލަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

މުއިއްޒު މިގޮތަށް ގޮވާލާފައި މިވަނީ ހުޅުމާލޭގެ ބިމުގެ އިހުތިސާސްގެ މައްސަލައިގައި އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލްއާ ދެމެދު ދެބަސްވުން އުފެދިފައި ވަނިކޮށް، މީހުން ދިރިއުޅުމަށްޓަކައި ބީލަމުގެ އުސޫލުން ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން އިއްޔެ އިއުލާން ކުރުމާ ގުޅިގެންނެވެ. އަދި އެޗްޑީސީއަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް ވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ބެލެހެއްޓުމާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީއަށް ދީފައި ވަނިކޮށް، މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ. މާލޭ ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް މިހެން ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓު ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮތަރުކޮށީގެ ނަމުގައި ޖަލްސާއެއް ބާއްވަން އުޅެނިކޮށް، ފުލުހުން މެދުވެރިކޮށް އެޗްޑީސީން އެކަން ހުއްޓުވުމުންނެވެ.

ނަމަވެސް އެޗްޑީސީން މި މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރެއް ނެރެފައެވެ. އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެއެވެ. މީގެ އިތުރުން އެފަދަ ކަމެއް ކުރާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީގެ މުއައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރަން އަންގައިފި

އެޗްޑީސީގެ މުއައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރަން އަންގައިފި

23 އޮކްޓޯބަރު 2018
އެޗްޑީސީގެ މުދާތަކެއް ދޯންޏެއްގައި ހުޅުމާލެ އިން ބޭރު ކުރަން އުޅެނިކޮށް ހިފަހައްޓައިފި

އެޗްޑީސީގެ މުދާތަކެއް ދޯންޏެއްގައި ހުޅުމާލެ އިން ބޭރު ކުރަން އުޅެނިކޮށް ހިފަހައްޓައިފި

18 އޮކްޓޯބަރު 2018
އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ތައްޔާރުވަނީ

އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ތައްޔާރުވަނީ

17 އޮކްޓޯބަރު 2018
އެޗްޑީސީގެ މުވައްޒަފުންގެ ޕެޓިޝަން މިދަނީ ދިރާސާ ކުރަމުން: އޮޑިޓް އޮފީސް

އެޗްޑީސީގެ މުވައްޒަފުންގެ ޕެޓިޝަން މިދަނީ ދިރާސާ ކުރަމުން: އޮޑިޓް އޮފީސް

17 އޮކްޓޯބަރު 2018
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

16 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު