Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެެޗްޑީސީ

އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ތައްޔާރުވަނީ

17 އޮކްޓޯބަރު 2018 | ބުދަ 18:10

އޮޑިޓް ޓީމެއް އެކުލަވާލުމަށް މަސައްކަތް ދަނީ ކުރަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އޮކްޓޯބަރު 2018 | ބުދަ 18:10
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީންގެ ކެންޕެއިނަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފައިސާއާއި ތަކެތި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުތައް ކުރެވިފައިވާއިރު އެ ކުންފުނީގެ ޚާއްސަ އޮޑިޓެއް ކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮފީހަށް ލިބިފައިވާ މައުލޫމާތުތަކާއި ހުށައެޅިފައިވާ މައްސަލަތަކަށް ބަލައި އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނިންމަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"އެޗްޑީސީގެ މުވައްޒަފުން ހުށައަޅާފައިވާ މައްސަލައާއި ލިބިފައިވާ އިތުރު މައުލޫމާތުތަކަށް ބަލައި އޮޑިޓް ޓީމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ދަނީ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ނިންމާފައިވާއިރު ކަރަޕްޝަނާއި ބެހޭ އެތަކެއް މައްސަލަތަކެއް އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ) އަށް ވަނީ ހުށައަޅާފައެވެ. އަދި އެ ކަމިޝަނުން އެޗްޑީސީއަށް ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އޭގެތެރޭގައި ހުޅުމާލޭގައި ހުޅުވާފައިވާ ޕްރީ ސުކޫލެއްގެ މައްސަލައާއި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ހިންގަވާ ޞަދަޤާތު ފައުންޑޭޝަނުން ހުޅުމާލޭގައި ބޭއްވި ޚިތާނީ ކޭންޕުގެ މައްސަލަ ވެސް ހިމެނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގ ހަރަކާތްތަކަށް އެކަނިވެސް އެޗްޑީސީގެ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެކުންފުނީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 400 ގޯތި އުސޫލްތަކާ ހިލާފަށް ވިއްކުމާ ދެކޮޅަށް، އެޗްޑީސީގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް ސޮއިކޮށްފައިވާ ޕެޓިޝަނެއް އޮޑިޓް އޮފީހަށް ހުށައަޅާފައިވާއިރު އެކަންކަން ދިރާސާ ކުރުމަށް އޮޑިޓް އޮފީހުގެ އެގްޒެކެޓިވް ބޯޑުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ

17 އޯގަސްޓު 2017
މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ
15 އޯގަސްޓު 2017

"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް

15 އޯގަސްޓު 2017
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް