Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްޑީސީ މައްސަލަ

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

ހޮޅިދަނޑިތަކެއްގެ މައްސަލަ ދަނީ ބަލަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2018 | އަންގާރަ 09:25
ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތެއްގައި އެޗްޑީސީގެ ވެހިކަލްތައް ބޭނުންކުރަނީ

ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތެއްގައި އެޗްޑީސީގެ ވެހިކަލްތައް ބޭނުންކުރަނީ

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމީޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފުޝަލް ހަސަން މުހައްމަދު ވިދާޅުވީ، އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި އެޗްޑީސީގެ 170 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަންގައި ހިމެނޭ ބައެއް ކަންކަން ވެސް ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ހުށަހަޅާފައިވާ އެ ޕެޓިޝަނަކީ ކުޑަ އަގެއްގައި 400 ގޯތި ވިއްކުމަށް ނިންމުމާ ގުޅިގެން އެކުންފުންޏަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ މުވައްޒަފުންތަކެއް އެކުލަވާލި ޕެޓިޝަނެކެވެ. މިފަދަ ގޮތަކަށް ގޯތި ދޫކޮށްފިކަމުގައި ވާ ނަމަ އެ ކުންފުންޏަށް 1.8 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައި ވެއެވެ. މި ޕެޓިޝަންގައި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަލީ ޝަރީފް ވަނީ ސޮއި ކުރައްވާފައެވެ. އަދި ޓޮޕް މެނޭޖްމެންޓްގައި ހިމެނޭ ގިނަ ބަޔަކު ސޮއިކޮށްފައި ވެއެވެ.

އޭސީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ހަރަދުގައި ގަނެފައިވާ މައްސަލަ ވެސް ހިމެނެއެވެ.

މި މައްސަލަތައް ބަލަން ފަށާފައިވާ އިރު މިކަން ކަމަށް ހަރަދު ހިނގާފައި ވަނީ ކިހާ މިންވަރަކަށް ކަމެއް އަދި ނޭނގޭ ކަމަށް އޭސީސީން ބުނެއެވެ.

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ބަލަން ފަށާފައިވާއިރު ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެޗްޑީސީގެ އިސް ފަރާތަކުން ކިޔައިދިން ގޮތުގައި، އެކުންފުނީގެ މާލިއްޔަތުން ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. މިހާރު ހޯދި ހޯދުންތަކުން އެ ހަރަދުތައް 30 މިލިއަނަށް ވުރެ އިތުރުވެފައިވާކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޕީޕީއެމް އިން ހުޅުމާލޭގައި ބެނާތައް ހަރުކުރުމަށް ހޮޅިދަނޑި ވެސް ގަނެފައި ވަނީ އެޗްޑީސީން ކަމަށާއި އެ ހޮޅިދަނޑިތައް ވީ ތަނެއް ވެސް ނޭނގޭ ކަމަށެވެ. އަދި ކެމްޕެއިންގގެ ހަރަދުތައް ކުރި އިރު ކެއުން ވެސް ހަމަޖައްސާފައި ވަނީ އެޗްޑީސީގެ ހަރަދުގައި ކަމަށާއި ގިނަ ތަންތަނަށް އަދިވެސް ފައިސާ ވެސް ނުދައްކާ ކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ.

ކެމްޕެއިންގ ދުވަސްވަރު އެ ކުންފުންޏަށް 150 މުވައްޒަފުން ވައްދާފައިވާ އިރު އެ މުވައްޒަފުންނަށް އެވްރެޖުކޮށް 8،000ރ. މަހަކު ލިބެއެވެ. އެހެން ކަމުން އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށާއި އެ މުވައްޒަފުން ނަގާފައި ވަނީ އިއުލާނު ކުރުމެއް ނެތި ކަމަށާއި މުވައްޒަފުން ކުރާނެ މަސައްކަތެއް ވެސް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު