Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް ސިކްސަރސް ކޭމްޕްގެ އެޑްވޮކަސީ ހަރަކާތް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ، އެކި ބާވަތްތަކުގެ ކާނާ ކެއުން މުހިންމު: މެޑަމް ފަޒްނާ

27 ޑިސެމްބަރު 2021 | ހޯމަ 16:36

މި ކޭމްޕުގެ މި އަހަރުގެ ޝިއާރަކީ "ގަރލް ޕަވަރޑް ނިއުޓްރިޝަން"

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޑިސެމްބަރު 2021 | ހޯމަ 16:36
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން ފެށި 09 ވަނަ ނޭޝަނަލް ސިކްސަރސް ކޭމްޕް 2021ގެ ތެރޭގައި ކުރިއަށް ގެންދާ ލިޓްލްމެއިޑްސްގެ އެޑްވޮކަސީ ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ޣާޒީ ސްކޫލުގައި ކުރިޔަށް ދިޔަ މި ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ފަދަ އެކި ބާވަތްތަކުގެ ކާނާ ކެއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، އެކަމަނާ ވަނީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ ނުކެއުމުގެ ސަބަބުން ދިމާވާ ޞިއްޙީ ކަންކަން ގުޅިފައިވަނީ، އަންހެނުންނާްި ފުރާވަރަށް އަރާ އަންހެން ކުދިންގެ ނިއުޓްރިޝަންއާ ކަމަށް ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، އާންމުކޮށް ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންވެސް ޞިއްޙަތަށް ފައިދާހުރި ކާނާ ކެވޭނެކަމުގައި ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް އެކަމަނާ ވަނީ ތަޢުލީމާއި ޢަމަލީ ތަޖުރިބާގެ ތެރެއިން، ބޮޑެތިވަމުން އަންނަ އަންހެންކުދިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ކުދިބަޔަކަށް ހެދުމަށް ގާލަރލް ޕަވަރޑް ނިއުޓްރިޝަން ބެޖްގެ މުގައްރަރުގެ ބޭނުންތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ގާރލް ޕަވަރޑް ނިއުޓްރިޝަންގެ މުޤައްރަރަކީ ވޯރލްޑް އެސޯސިއޭޝަން ފޮރ ގާރލް ގައިޑްސް އެންޑް ގާރލް ސްކައުޓްސް (ވެގްސް) އަދި ނިއުޓްރިޝަން އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކޮށްފައިވާ މުޤައްރަރެކެވެ. މިޙަރަކާތުގެ ތެރެއިން، ކެއުމުގައި ރަނގަޅު ކާނާ ހިމެނުމާއި ޙަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ދަސްކޮށްދިނުމަށް ކުދިންގެ އުމުރާ ގުޅޭގޮތުން ގިނަ ޙަރަކާތްތަކެއް ވަނީ ރޭވިފައެވެ. މީގެ އިތުރުން "ސިކްސަރސް ޗެލެންޖް" ވެސް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. އެއީ ތަފާތު އެކި ހުނަރުތައް އަދި ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި އިސްނަގައިގެން މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ އާދަ އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ގޮތައް ފަރުމާ ކުރެވިފައިވާ ޙަރަކާތްތަކެކެވެ.

ޑިސެމްބަރ މަހުގެ 26ން 28އަށް ހުޅުމާލޭ ޣާޒީ ސްކޫލުގައި ކުރިޔަށް ގެންދާ މި ކޭމްޕަކީ ރާއްޖޭގެ ލިޓްލްމެއިޑް ޙަރަކާތް ހިންގާ ހުރިހާ ސްކޫލްތަކުގެ ޢުމުރުން 10 އަހަރާ 11 އަހަރާ ދެމެދުގެ 308 ލިޓްލްމެއިޑުން އަދި 75 ގައިޑަރސް އޮފިޝަލުންގެ ގޮތުގައި ބައިވެރިވާ ކޭމްޕެކެވެ. ރާއްޖޭގެ 13 އަތޮޅަކުން 42 ސްކޫލުން ބައިވެރިވެފައިވާ މި ކޭމްޕުގެ މި އަހަރުގެ ޝިއާރަކީ "ގަރލް ޕަވަރޑް ނިއުޓްރިޝަން"އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް