Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަންއަށް ފައިދާ ވުން

އަންނަ އަހަރަކީ މޯލްޑިވިއަންއަށް ފައިދާވާނެ އަހަރެއް

27 ޑިސެމްބަރު 2021 | ހޯމަ 08:02

މިފަދަ ދަނޑިވަޅުތަކުގައި ގައުމީ ކެރިއަރ އޮތުމުގެ މުހިއްމުކަން ހާމެވެގެން ހިނގައްޖެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 ޑިސެމްބަރު 2021 | ހޯމަ 08:02
މޯލްޑިވިއަންގެ ސިޕްލޭން ކްރޫއެއް

މޯލްޑިވިއަންގެ ސިޕްލޭން ކްރޫއެއް

އަންނަ އަހަރަކީ މޯލްޑިވިއަންއަށް ފައިދާވާނެ އަހަރެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނީ މެނޭޖންގ ޑިރެކްޓަރ މުހައްމަދު މިހާދު އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ވިދާޅުވީ، 2020 އަދި 2021 ވަނަ އަހަރު ކުންފުންޏަށް ފައިދާ ނުވި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާރު ކުރިއަރަމުންދާ މިންގަނޑަށް ބަލާނަމަ އަންނަ 2022 ވަނަ އަހަރަކީ ކުންފުންޏަށް ފައިދާވާނެ އަހަރެއް ކަމަށެވެ. އަދި އަންނަ އަހަރު 2019ށްވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ޑީއެމްޑީ ޖެނިފަރ ވިދާޅުވިއެވެ.

ދެ އަހަރުގެ ގެއްލުން މުޅިން އިއާދަކުރަން އަހަރުތަކެއް ނަގާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެހީތެރިކަމާއެކު ކުންފުނި ކުރިއަށްދާކަން ފާހަގަކުރައްވަމުން އެމްޑީ މިހާދު ވިދާޅުވީ، 2021 ވަނަ އަހަރު ކުންފުނީގެ ކެޕިޓަލް އިންވެސްޓްމެންޓަށް ސަރުކާރުން 200 މިލިއަން ރުފިޔާ އިންޖެކްޓް ކުރިކަމަށެވެ. އަދި 2020 ވަނަ އަހަރު ވެސް ސަރުކާރުން ވެދިން އެހީތެރިކަމާއެކު މިހާރު ކުންފުންޏަށް ފައިދާވާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށެވެ. ކޮވިޑްގެ ސަބަބުން ދަތުރުތައް ހުއްޓި ފައިދާ ނުވި ނަމަވެސް މުވައްޒަފުން ވަކި ނުކޮށް ގައުމީ ޚިދުމަތުގައި އޮވެވުނީ ސަރުކާރުގެ އެހީތެރިކަމާއެކު ކަމުގައި ވިދާޅުވިއެވެ. މިފަދަ ދަނޑިވަޅުތަކުގައި ގައުމީ ކެރިއަރ އޮތުމުގެ މުހިއްމުކަން ހާމެވެގެން ހިނގައްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުންފުންޏަށް އެންމެ ބޮޑަށް ފައިދާވާ އެއްކަމަކީ ސީ ޕްލޭން ދަތުރުތައް ކަމަށާއި، ކޮވިޑާއެކު އެ ދަތުރުތައް ހުއްޓިފައި އޮތުމަށްފަހު މިހާރު ދަތުރުތައް އަލުން ފެށިގެން ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ މަންޒިލްތަކަށް ކުރަމުން އައި ދަތުރުތައް، ޚާއްސަކޮށް ޗައިނާގެ 6 މަންޒިލަކަށް ކުރަމުން އައި ދަތުރުތައް މަޑު ޖައްސާލުމުން އާމްދަނީން އެކަން ފެނުނު ކަމަށް ވިދާޅުވިއެވެ. މިހާދު ވިދާޅުވީ، އަންނަ އަހަރު އައު މަންޒިލްތަކަށް ދަތުރު ފެށުމަށް ވެސް ކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މަންޒިލްތަކެއްކަން މިހާދު ވިދާޅެއް ނުވެއެވެ.

ކުންފުންޏަށް ދަތި ދަނޑިވަޅުގައި ވެސް މުވައްޒަފުން ކުންފުންޏާއެކު ކުރި މަަސައްކަތް ފާހަގަކުރައްވަމުން މިހާދު ވިދާޅުވީ، މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ޑިސެމްބަރު މަހު އަލުން މުވައްޒަފުންނަށް ދޭން ފަށާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

އެނބޫދޫ ފަޅުގައި ހަދާ ހާޑްރޮކް ހޮޓެލް އަންނަ އަހަރު ހުޅުވަނީ

21 ޑިސެމްބަރު 2017
އެނބޫދޫ ފަޅުގައި ހަދާ ހާޑްރޮކް ހޮޓެލް އަންނަ އަހަރު ހުޅުވަނީ
21 ޑިސެމްބަރު 2017

ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ

21 ޑިސެމްބަރު 2017
ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ
25 ނޮވެމްބަރު 2017

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!
15 ނޮވެމްބަރު 2017

އުރީދޫ "ކަލާ ރަން" އަންނަ މަހު

15 ނޮވެމްބަރު 2017
އުރީދޫ "ކަލާ ރަން" އަންނަ މަހު
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް